Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ގާޑިއޯލާ ބުނަނީ ޕޮޓާ އަށް ވަގުތު ބޭނުންވާނެ ކަމަށް

ސިޓީ އަތުން 4-0 އިން ބަލިވެ ޗެލްސީ ވަނީ އެފްއޭ ކަޕުން ކަޓައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖެނުއަރީ 2023 | ހޯމަ 10:10
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސިޓީ އަތުން 4-0 އިން ބަލިވެ ޗެލްސީ ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ. އެމެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކޮންމެ ކޯޗަކަށް ވެސް ޓީމެއްގައި އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީގެ އޯނަރު ޓޮޑް ބޮހްލީ އަަށް ބުނަން ބޭނުންވަނީ ޕޮޓާ އަށް އެކަށީގެންވާ ވަގުތު ދިނުމަށް ކަމަށެވެ. ވަގުތު ދީގެން ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި، ފިޔަވަޅެއް އަޅަން ޖެހޭނީ ވަގުތު ލިބި، އެކަށީގެންވާ ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ކަމަށެވެ. ގާޑިއޯލާ ބުނީ ޕޮޓާ ވެސް ފާހަގަ ކުރަމުން އަންނަ ފަދައިން، ރަނގަޅު ހިސާބަކަށް ދިޔުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސްޕެއިންގެ ބާސެލޯނާގައި ދެ ސީޒަން ވަންދެން އޭނާ އަށް ވަގުތު ބޭނުންނުވީ، އެ ޓީމުގައި ލިއޮނަލް މެސީ ހުރުމުން ކަމަށެވެ. ގާޑިއޯލާ ބުނީ އެއީ މުޅިން ތަފާތު ހާލަތެއް ކަމަށާއި، ޓީމެއް ކުރިއަރާނީ ވަރަށް ދުވަހުގެ މަސައްކަތުން ކަމަށެވެ. އަދި ކޯޗުން ވެސް ބޭނުންވާނީ އެ މީހެއްގެ ޓީމު ކުރިއަރަން ކަމަށް އޭނާ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރުމަށްފަހު އެ މަގާމަށް ޕޮޓާ ހަމަޖެއްސީ އެ ކުލަބުގެ ނަތީޖާ ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް ޕޮޓާއާއެކު ވެސް ޗެލްސީގެ ނަތީޖާ ރަނގަޅުވަމުން ނުދެ އެވެ. ޕްރިމިއާ ލީގުގައި މިހާރު ޗެލްސީ އޮތީ ތާވަލްގެ 10 ވަނަ މަގާމުގަ އެވެ. އެ ޓީމު ކުޅުނު 17 މެޗުން ލިބެނީ 25 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޗެލްސީގްރަހަމް ޕޮޓާޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު