Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަންގެ ބައިނަލްއަޤުވާމީ ތިން މުބާރާތެއް މިއަހަރު ރާއްޖޭގައި

ބީއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖެއިން ބައިނަލްއަޤުވާމީ ފަސް މުބާރާތެއްގައި ވާދަކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖެނުއަރީ 2023 | ހޯމަ 02:14
ރާއްޖެއިން ވާދަކުރި ބައިނަލްއަޤުވާމީ މުބާރާތެއްގެ ތެރެއިން

ރާއްޖެއިން ވާދަކުރި ބައިނަލްއަޤުވާމީ މުބާރާތެއްގެ ތެރެއިން

މިއަހަރު ރާއްޖޭގައި ބެޑްމިންޓަންގެ ބަައިނަލްއަޤުވާމީ ތިން މުބާރާތެއް ބާއްވާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ހާމަކޮށްފި އެވެ.

އެ އެސޯސިއޭޝަނުން ވަނީ މިއަހަރަށް އެކުލަވާލި ކަލަންޑަރު ހާމަކޮށްފަ އެވެ. ބީއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖެއިން ބައިނަލްއަޤުވާމީ ފަސް މުބާރާތެއްގައި ވާދަކުރާނެ އެވެ. އެއީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ތިން މުބާރާތުގެ އިތުރުން އެހެން ދެ މުބާރާތެވެ. އެންމެ ފުރަތަމަ ބާއްވާ ބައިނަލްއަޤުވާމީ މުބާރާތަކީ މެއި މަހުގެ ފަސް ވަނަ ދުވަހުން 10 ވަނަ ދުވަހަށް ކުރިއަށްދާ މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖް އެވެ. ދެ ވަނަ މުބާރާތަކީ ޖޫން މަހުގެ ފަހަކުން 10 އަކަށް ކުރިއަށް ގެންދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖެވެ. މިއަހަރު ރާއްޖޭގައި ބާއްވާނެ ތިން ވަނަ މުބާރާތަކީ މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް އެވެ. އެ މުބާރާތް ކުރިއަށްދާނީ އޯގަސްޓު މަހުގެ 15 އިން 20 އަށެވެ.

މީގެ އިތުރުން މިއަހަރު ރާއްޖެއިން ވާދަކުރާ ބައިނަލްްއަޤުވާމީ އަނެއް ދެ މުބާރާތަކީ އޯގަސްޓު މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޫބަރު މަހުގެ އަށަކަށް ކުރިއަށްދާ އޭޝިއަން ގޭމްސް އެވެ. މި ދެ ގޭމްސް އަށް ވެސް ރާއްޖެ އިން އަންނަނީ ދުރާލާ ތައްުޔާރުވަމުންނެވެ. ޚާއްސަކޮށް މަޑަގަސްކަރައިގައި އޮންނަ އައިއޯއައިޖީ އަށް ރާއްޖެ އިން އަންނަނީ ތައްޔާރުވަމުންނެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގެ އިތުރުން ލޯކަލް 13 މުބާރާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިންޓަ ސްކޫލް މުބާރާތާއި، ޤައުމީ ބެޑްމިންޓަން މުބާރާތާއި، ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕް ހިމެނެ އެވެ. މީގެ އިތުރުން ވެސް އެކި މުބާރާތްތައް ބޭއްވުމަށް ތާވަލްކޮށްފައިވެ އެވެ. އަހަރުގެ އެންމެ ފަހު މުބާރާތަކީ ނޮވެމްބަރު މަހު އޮންނަ ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕް އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
18 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

18 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
13 މާރިޗު 2024

ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން

13 މާރިޗު 2024
ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން
13 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި

13 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު