Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެލިސަން އަށް ގޯސްތަކެއް ހެދުނު މެޗުގައި ވުލްވްސް އިން ލިވަޕޫލް ހުއްޓުވައިފި

މެޗު އެއްވަރުވުމުން އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދުމަށް ލިވަޕޫލަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2023 | އާދީއްތަ 06:20
ލިވަޕޫލް އަދި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން

ލިވަޕޫލް އަދި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް އެއްވަރު ވެއްޖެ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ލިވަޕޫލްގެ ބްރެޒިލް ގޯލް ކީޕަރު އެލިސަން ބެކާ އަތުން ވަނީ ގޯސްތަކެއް ހެދިފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ވުލްވްސް އިންނެވެ. އެއީ މެޗުގެ 26 ވަނަ މިނެޓުގައި އެލިސަން އަށް ހެދުނު ގޯހަކުންނެވެ. ލިވަޕޫލްގެ ޑިފެންޑަރަކަށް އެލިސަން ޖައްސާލަން އުޅުނު ބޯޅައެއް ހޯދައި، ވުލްވްސް އަށް ލީޑު ނަގައިދިނީ ގޮންޒާލޯ ގޫޑެސް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ހުރަސްކޮށްދިން ބޯޅައެއް ނޫނޭޒް ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. ދެ ވަނަ ހާފު ފަށައިގެން ލިވަޕޫލަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާހު އެވެ. އެއީ ވުލްވްސްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހި ލިބުނު ބޯޅަ، ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ ނަތީޖާ ވުލްވްސް އަށް ހަމަހަމަކޮށްދިނީ ހުއާން ހީ ޗަން އެވެ. ފަސޭހެކަމާއެކު ލިވަޕޫލްގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އެލިސަންގެ ފައި ދަށުންނެވެ.

މެޗު އެއްވަރުވުމުން އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދުމަށް ލިވަޕޫލަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެ ޓީމަށް ހަތަރު ވަނަ ބުރުން ޖާގަ ލިބޭނީ ފެބްރުވަރީ ހަތަރު ވަނަ ދުވަހު ވުލްވްސްގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެންނެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ

19 މެއި 2017
އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު