Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ

އިންޑިޔާ އަކީ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 މެއި 2017 | ހުކުރު 15:30
ރާއްޖޭގެ ސީނިއާ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ)

ރާއްޖޭގެ ސީނިއާ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ)

މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީ އިންޑިޔާ ކަމަށާއި އެހެންކަމުން ފުރަތަމަ މެޗުގައި އެގައުމާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އެޑްވާންޓޭޖެއް ކަމަށް ރާއްޖޭގެ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނެފިއެވެ.

ހުކުރު ދުވަހު ފެށެމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތުގައި ރާއްޖެއާ އިންޑިޔާ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިއްލެ ބުނީ ފުރަތަމަ މެޗު އިންޑިޔާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެހެން ނަމަވެސް އެ މެޗަކީ މޮޅުވާން އުނދަގޫވާނެ މެޗެއް ކަމަށެވެ.

އިއްލެ ބުނީ މި މެޗުގައި އިންޑިޔާއާ ދެކޮޅަށް ކުޅުމަށް ފަހު ޓީމުގައި ހުރި ކަންތައްތައް ނަގައިގަންނަން ފަސޭހަވާނެ ކަމަށާއި އެގޮތުން މި މެޗަށް ބެލުމަށް ފަހު ކުރިއަށްހުރި މެޗުތަކުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށެވެ.

އިއްލެ ބުނީ އިންޑިޔާއާ ވާދަކުރާ މެޗުން ބަލިވި ނަމަވެސް ރާއްޖެއަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި އަދި އެޓީމަކީ މިސަރަހައްދުގެ އެންމެ މޮޅު ޓީމު ކަމަށެވެ. އަދި އިންޑިޔާއަކީ ބަލިކުރަން އުނދަގޫވާނެ ޓީމެއް ކަމަށް ވެސް އިއްލެ ބުންޏެވެ.

އިއްލެ ބުނީ އިންޑިޔާ ބަލިކުރަން އުނދަގޫ ނަމަވެސް ރާއްޖެއިން ބަލާނީ ނަތީޖާގެ ފަރަގު ބޮޑުވިޔަ ނުދީ ވީހާވެސް ކައިރިން އެޓީމާ އެއްވަރަށް ޕޮއިންޓް ހޯދުމަށް ކަމަށެވެ.

އިއްލެ ބުނީ އަމިއްލަ ގައުމުގައި މި މުބާރާތް ބާއްވާއިރު މިއީ ލިބޭނެ ފައިދާއެއް ކަމަށާއި އެހެން ކަމުން ފުރަތަމަ މެޗުގައި އިންޑީޔާއާ ދެކޮޅަށް ނުކުންނަ އިރު، ވީ ވަރަކުން އިދިކޮޅަށް އުނދަގޫކޮށް މޮޅު ކުޅުމެއް ދެއްކުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިއްލެ ބުނީ ލިބުނު މަދު ދުވަސްކޮޅާ އަޅާ ބަލާއިރު އެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެއް ކަމަށާއި އަދި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ އެއްބާރުލުމާއެކު ޒުވާން ކުޅުންތެރިން މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޖުމްލަ ފަސް ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއާ އިންޑިޔާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 21:00 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު