Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހުގެ ކެމްޕެއިން ދަތުރު

މިސަރުކާރުން ގިނަ ކަންތައްތަކެއް ރައްޔިތުންގެ އުންމީދާ އެއްގޮތަށް ކޮށްދީފި: މުޙައްމަދު ޢަބްދުﷲ ޝަފީޤް

ނާމާން ބިރުވެރި ދުވަސްތަކަކަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުންމީދީ ވެރިކަމެއް ފެނިގެންދިޔަކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖެނުއަރީ 2023 | އާދީއްތަ 02:42
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވާހަކަދައްކަވަނީ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވާހަކަދައްކަވަނީ

މިސަރުކާރުން ގިނަ ކަންތައްތަކެއް ރައްޔިތުން ބޭނުންވި ގޮތަށް ކޮށްދީފިކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ ވެލިދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އެދާއިރާގެ މެންބަރު ވިދާޅުވީ އެމްޑީޕީއަކީ އެތައް ބައިވަރު ދިވެހި ރައްޔިތުން ކުރި މިންނަތް މަސައްކަތެއްކަމަށެވެ. އެއީ އެކަކު ކުރި މަސައްކަތެއް ނޫންކަމަށާއި އެތައް ބަޔެއްގެ ގުރުބާނީއެއްކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހުކުރުމަށް ކުރެވުނު މަސައްކަތާއި ކަޅު ހުކުރުގެ އެއްވުމާއި އެންމެ ބޮޑު މުޒާހަރާ އާއި މޭޑޭގެ އެއްވުމާއި މިހެން ގޮސް ކުރި އެތައް މަސައްކަތްތަކެއްގެ ނަތީޖާ އަކީ އައު ގާނޫނު އަސާސީ ވުޖޫދުވުންކަމަށެވެ. އަދި އައު ގާނޫނު އަސާސީ އައުމުގެ ކުރިން އެމްޑީޕީ ރަޖިސްޓްވެގެން އައީ އޭރު އެމްޑީޕީއަށްޓަކައި ރާއްޖެ އިސްލާހުކުރުމަށްޓަކައި އެތައް ބަޔަކު ކުރި މިންނަތް މަސައްކަތުގެ ސަބަބުންކަމަށެވެ. އޭރު އޮތް ބިރުވެރި ހާލަތު މިއަދު އިހުސާސްކުރަން ވެސް އުނދަގޫވާނެކަމަށް ވިދާޅުވިއެވެ.

މުހައްމަދު އަބްދުﷲ ޝަފީގު އިތުރަށް ވިދާޅުވީ އެދުވަހުގެ ހާލަތުން މިންޖުވެ އެމްޑީޕީ ކުރިއަރަމުން އައި މަރުހަލާތަކުގައި އެކި ކަހަލަ އިހުސާސްތައް އެމްޑީޕީ މެންބަރުންނަށް ކުރަންޖެހިފައިވާކަމަށެވެ. އަދި ނާމާން ބިރުވެރި ދުވަސްތަކަކަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުންމީދީ ވެރިކަމެއް ފެނިގެންދިޔަކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވިފައިވަނީ ރައީސް ޞާލިހުގެ މިންނަތް މަސައްކަތްޕުޅުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި އެއީ އިޚުލާސްތެރި ލީޑަރެއްގެ ފަރާތުން ފެނިގެންދިޔަ ކަންކަމަށާއި އޯގާތެރި ސަރުކާރެއްގެ ތެރެއިން ފެނިގެންދިޔަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހުރިހާ ކަމެއް ނިންމުމުގަޔާއި އުސޫލުތައް ކަނޑައެޅުމުގައި އެންމެ އިސް މޭސްތިރިއަކީ ރައީސް ޞާލިހުކަމަށް މެންބަރު ވިދާޅުވިއެވެ. މީގެއިތުރުން ވެލިދޫ ދާއިރާގެ ރައްޔިތުންގެ ޝަކުވާތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށާއި އެކަންކަން ރައީސް އައްސަވައިފިކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ވީއެންމެ އަވަހަށް ހާސިލުވެގެންދިޔުމަކީ އުންމީދެއްކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު