Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރުން

ފަލަސްތީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން ކުރިއަށްދާނެ: ފޮރިން މިނިސްޓްރީ

އޯ.އައި.ސީ އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އަންނަނީ ބައިވެރިވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖެނުއަރީ 2023 | ހޮނިހިރު 01:11
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަނުމާއި ގުޅިގެން، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް މިމަހުގެ 3 ވަނަ ދުވަހު ވަދެފައިވާތީ، މި ކަމަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފުކަމެއްކަމަށް ބުނެފަ އެވެ. އަދި މި ޢަމަލުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެކަމަކަށް ވުމާއެކު، އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވަމުންދާކަމަށް ބުނެފައިވެއެވެ.

އޯ.އައި.ސީ.އިންނާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން މިމަހުގެ 5 ވަނަ ދުވަހު ވަނީ ސަލާމަތީ މަޖިލީހުގެ އިމަރޖަންސީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އޯ.އައި.ސީ.ގެ ސްޓޭޓްމަންޓެއް މި ބައްދަލުވުމުގައި ދީފައިވެއެވެ. މީގެ އިތުރުން، މިމަހުގެ 18 ވަނަ ދުވަހު މެދުއިރުމަތީގެ ޙާލަތާ ބެހޭގޮތުން ބަހުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަހުސްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި

01 ޖޫން 2017
ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
31 މެއި 2017

ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

31 މެއި 2017
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު