Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ހިލޭ ޓްރާންސްފާއެއްގައި ބްލިންޑް ބަޔާނަށް

ބްލިންޑް ބަޔާނަށް ބަދަލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2023 | ހޮނިހިރު 01:07
ޑޭލީ ބްލިންޑް ބަޔާންގެ ޖާޒީއާއެކު

ޑޭލީ ބްލިންޑް ބަޔާންގެ ޖާޒީއާއެކު

ނެދަލެންޑްސްގެ ޑިފެންސިވް މިޑްފީލްޑަރު ޑޭލީ ބްލިންޑް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބަޔާނަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ބްލިންޑް އެންމެ ފަހުން ކުޅުނީ އަޔެކްސް އަށެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު އެ ކުލަބުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. ބްލިންޑް ބަޔާނަށް ބަދަލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އެ އެއްބަސްވުން ހަމަވުމުން، ބަޔާނުން ބޭނުންވެއްޖެ ނަމަ، މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ބްލިންޑް އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް އަޔެކްސް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. ދެ ވަނަ ފަހަރަށް ބްލިންޑް އަޔެކްސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް އަޔެކްސް އަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް ކުޅެދިން، 190 މެޗުން 10 ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ނެދަލެންޑްސްއާއެކު އޭނާ ވަނީ ކުޅެފަ އެވެ. އޭނާ ވަނީ މުބާރާތުގެ ގަދަ 16 ގެ މެޗުގައި އެމެރިކާ ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.

ބަޔާނުން ބްލިންޑް ހޯދީ އެ ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް އެ ކުލަބުން ބުނެ އެވެ. ޚާއްސަކޮށް މިހާރު އަނިޔާގައި ހުރި އެ ކުލަބުގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ނެތްތަން ފޫބެއްދުމަށް ކަމަށް ވެސް އެ ކުލަބުން ބުނެ އެވެ. ލޫކަސް އަށް އަނިޔާވީ ވޯލްޑް ކަޕް މުބާރާތުގެ ތެރެއިންނެވެ. ބަޔާނުން ދެކޭ ގޮތުގައި ބްލިންޑަކީ އެ ޓީމުގެ ޑިފެންސްއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ފެންވަރުގެ ކުޅުންތެރިޔެކެވެ.

އިތުރަށް ކިޔާލަން

30 މެއި 2020

ޑުސެލްޑޯފް އަތުން ބަޔާނަށް ބޮޑު މޮޅެއް

30 މެއި 2020
ޑުސެލްޑޯފް އަތުން ބަޔާނަށް ބޮޑު މޮޅެއް
17 މެއި 2020

ޔޫނިއަން ބާލިން އަތުން ޗެމްޕިއަން ބަޔާނަށް މޮޅެއް

17 މެއި 2020
ޔޫނިއަން ބާލިން އަތުން ޗެމްޕިއަން ބަޔާނަށް މޮޅެއް
15 މާރިޗު 2020

ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް، ފަރުވާ ހިލޭ!

15 މާރިޗު 2020
ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް، ފަރުވާ ހިލޭ!
01 މާރިޗު 2020

ހޮފެންހެއިމް އަތުން ބަޔާނަށް ފަސޭހަ މޮޅެއް

01 މާރިޗު 2020
ހޮފެންހެއިމް އަތުން ބަޔާނަށް ފަސޭހަ މޮޅެއް
26 ފެބުރުއަރީ 2020

ޗެލްސީގެ ދަނޑުގައި ބަޔާނަށް ބޮޑު މޮޅެއް

26 ފެބުރުއަރީ 2020
ޗެލްސީގެ ދަނޑުގައި ބަޔާނަށް ބޮޑު މޮޅެއް
22 ފެބުރުއަރީ 2020

ފުލުގައި އޮތް ޕަޑާބޯން އަތުން ބަޔާނަށް ހަނި މޮޅެއް

22 ފެބުރުއަރީ 2020
ފުލުގައި އޮތް ޕަޑާބޯން އަތުން ބަޔާނަށް ހަނި މޮޅެއް
04 ޖެނުއަރީ 2020

ޝާލްކޭގެ ކީޕަރު ނުބެލް ބަޔާނަށް

04 ޖެނުއަރީ 2020
ޝާލްކޭގެ ކީޕަރު ނުބެލް ބަޔާނަށް
26 ޖޫން 2019

މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ހަމަޖައްސައިފި

26 ޖޫން 2019
މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ހަމަޖައްސައިފި
14 މެއި 2017

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

14 މެއި 2017
އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު