Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީގެ ދަނޑުގައި ބަޔާނަށް ބޮޑު މޮޅެއް

ޗެލްސީ އަތުން ބަޔާން މޮޅުވީ 3-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ފެބުރުއަރީ 2020 | ބުދަ 05:13
ޗެލްސީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ޗެލްސީ އަތުން 3-0 އިން މޮޅުވެ، ކުއާޓާ ފައިނަލާ ގާތަށް ބަޔާން މިއުނިކް ޖެހިލައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ.

މެޗުގައި ބަޔާނުން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. ރޮބަޓް ލެވަންޑޯސްކީގެ އެހީއާއެކު ބަޔާނަށް ލީޑު ނަގައިދިނީ ސާޖް ގްނަބްރީ އެވެ. އޭގެ ތިން މިނެޓުގައި ގްނަބްރީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

ބަޔާނުގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީ އެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 11 ވަނަ ލަނދެވެ.

ޗެލްސީއަށް މި މެޗުގައި އިތުރު މައްސަލަތަކަކާ ކުރިމަތިވީ މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު މާކޯސް އަލޮންސޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ބަޔާނުން ކުޅުނު ލެވަލްގައި ޗެލްސީ އަށް ވާދަނުކުރެވުނު ކަމަށެވެ.

ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން ބޮޑު މޮޅެއް ހޯދިއިރު، ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ. މި މެޗު ކުޅޭނީ ބަޔާންގެ ދަނޑުގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު