Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ޓެލެތޯން ފަށައިފި

މިސްކިތްތައް މަރާމާތު ކުރުމުގައި 9 މިލިއަން ރުފިޔާގެ މަސައްކަތް އަދި ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2023 | ހުކުރު 13:55
މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ޓެލެތޯން

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ޓެލެތޯން

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ޓެލެތޯން "ޗާލު މިސްކިތް" ފަށައިފިއެވެ.

މި ޓެލެތޯން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ޖެހިއިރުއެވެ. އަދި މި ޓެލެތޯން ހޮނިހިރު ދުވަހުގެ ހެނދުނު 09:00ން އިރުއޮއްސި 18:00ށް ކުރިއަށް ގެންދާނެއެވެ.

Advertisement - newsAdvertisement

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެ އެއް މިލިއަން ރުފިޔާއަކީ މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 10 މިލިއަން ރުފިޔާ މިހާތަނަށް މިސްކިތްތައް މަރާމާތު ކުރުމަށް ޚަރަދުކޮށްފައިވާ ކަމަށާއި 14 މިލިއަން ރުފިޔާގެ މަސައްކަތް ކުރަންޖެހޭ ކަމަށް ކައުންސިލުން ހެދި ސަރވޭއިން ދައްކާ ކަމަށެވެ.

މިސްކިތްތައް މަރާމާތު ކުރުމުގައި 9 މިލިއަން ރުފިޔާގެ މަސައްކަތް އަދި ކުރަން ހުރިއިރު ފާޚާނާ ހެދުމާއި ކާޕެޓް ބަދަލުކުރުމާއި ކުލަ ލުމާއި ފަންކާތަކާއި ބޮކިތައް ބަދަލު ކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އާންމުންނާއި ވިޔަފާރިވެރިން އަދި ދަރުމަވެރިންގެ ފަރާތުން އެހީ ބޭނުންވާ ކަމަށާއި މި ހަރަކާތް ދެ ދުވަހަކަށް ކުރިއަށް ގެންދިޔަ ނަމަވެސް އެހީވާން ބޭނުންވާ މީހުންނަށް ކައުންސިލްގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން ބުނީ މިސްކިތްތައް މަރާމާތު ކުރަން ފަންޑު ހޯދުމަށް ޓެލެތޯން ބޭއްވީ މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުން ކަމަށެވެ. އެހެން ކަމުން އެތަންތަނުގެ މެއިންޓެނަންސް މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭކަމަށެވެ. އަދި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު