Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާނީ ސެޕްޓެމްބަރު ކުރީކޮޅު: އީސީ

6 ޖެނުއަރީ 2023 | ހުކުރު 08:32

އިންތިޚާބުގެ ރަސްމީ ތާރީޚު ކަނޑައަޅާނީ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، ދެވަނަ ބުރަކަށް ވެސް ވަގުތު ލިބޭ ގޮތަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޖެނުއަރީ 2023 | ހުކުރު 08:32
ކުރިން ބޭއްވި އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

ކުރިން ބޭއްވި އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ އަންނަ ހަފުތާގައި ކަމަށާއި ބޮޑަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އަދި އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް ކަނޑަނާޅާ ކަމަށާއި އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނަ ކޮމިޝަނުގެ ޖަލްސާގައި ވަކި ދުވަހެއް ކަނޑައަޅާނެ ކަމަށެވެ. އަދި ތާރީޚު ކަނޑައެޅުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ތާރީޚު އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު ކުރީކޮޅުގައި އިންތިޚާބު ބާއްވަން ނިންމާފައިވަނީ ޤާނޫނުގައި އެގޮތަށް އޮތުމުންނެވެ. އަދި އިންތިޚާބުގެ ރަސްމީ ތާރީޚު ކަނޑައަޅާނީ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، ދެވަނަ ބުރަކަށް ވެސް ވަގުތު ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޤާނޫނުގައި ބުނާ ގޮތުން ދެވަނަ ބުރަކަށް ދާނީ ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓާއި އިތުރު އެއް ވޯޓު ނުލިބޭނަމައެވެ.

މި މަހުގެ 15 ވަނަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭ ތާރީޚާއި އެ ނޫންވެސް އިންތިޚާބާ ބެހޭ މުހިންމު މައުލޫމާތު އާއްމުންނާ ހިއްސާ ކުރައްވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފައެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާތައް ވެސް ވަނީ މިދިޔަ އަހަރު ފަށައިފައެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިއަހަރުގެ އިންތިޚާބުގައި ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު ބަލާނީ އެ ޤައުމެއްގައި މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވޭތޯއެވެ. އެ އަދަދަށް ރަޖިސްޓްރީނުވާ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރިން ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ސްރީލަންކާއާއި އިނގިރޭސިވިލާތާއި އިންޑިއާ އާއި ސިންގަޕޫރާއި މެލޭޝިއާގައި ކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ތައިލެންޑާއި ދުބާއީ އާއި އޮސްޓްރޭލިއާގައި ވެސް ވަރަށްގިނަ ދިވެހިން އުޅޭ ކަމަށެވެ. ބޭރު ޤައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ ރާއްޖޭގެ ކޮންސިއުލޭޓެއް ނުވަތަ ހައިކޮމިޝަނެއް ހުންނަ ޤައުމުތަކުގައި ކަމަށާއި އެ ނޫން ޤައުމުތަކުގައި ބެހެއްޓޭނީ އެ ޤައުމަކުން އެކަމަށް އެއްބާރުލުން ދޭކަމަށްވާނަމަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި މިފަހަރު ވޯޓު ފޮށިތައް ބަހައްޓާއިރު ބަލާނީ މަދުވެގެން އެ ރިސޯޓެއްގައި 50 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވޭތޯ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އެއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ ހުރިހާ ދިވެހިންނަށް އެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށާއި ބައެއް ފަހަރު ރިސޯޓުތަކުގައި އުޅޭ މުވައްޒަފުން ވޯޓަށް ރަޖިސްޓްރީ ކުރަނީ ރިސޯޓާ ކައިރި ރަށްތަކުގައި ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ގިނަ ޕާޓީތަކުން ފަށާފައިވާއިރު އިދިކޮޅު ޕީޕީއެމުން ވަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނެފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމާއެކު ޤާނޫނުގައި ބުނާގޮތުން އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެއެވެ.

މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އިން އަންނަނީ ޕްރައިމަރީގެ ތައްޔާރީތައް ވަމުންނެވެ. ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އާއި އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާއިރު އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ތާވަލު ކޮށްފައިވަނީ މި މަހުގެ 28ގައެވެ.

އިތުރު ކެންޑިޑޭޓެއްގެ ގޮތުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް