Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް، ޓީމުން މަރުޙަބާ ކީ ގާޑް އޮފް އޮނާ އަކުން

ޕީއެސްޖީގެ ޚާއްސަ އެވޯޑެއް ވެސް ވަނީ މެސީ އަށް ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2023 | ބުދަ 10:56
ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން މެސީ އަށް ގާޑް އޮފް އޮނާ އެއް ދެނީ

ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން މެސީ އަށް ގާޑް އޮފް އޮނާ އެއް ދެނީ

ވޯލްޑް ކަޕްގެ ކާމިޔާބީ އަށް ފަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކުލަބުގެ ފަރިތަކުރުންތަކަށް ހާޒިރުވެއްޖެ އެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކުރުމަށް ޕީއެސްޖީން މެސީ އަށް ޗުއްޓީއެއް ދިނެވެ. އެކަން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފަ އެވެ. ވޯލްޑް ކަޕް ބްރޭކަށްފަހު ލީގުގައި ޕީއެސްޖީން ވަނީ މިހާތަނަށް ދެ މެޗު ކުޅެފަ އެވެ. މީގެ ކުރިން ގަލްޓިއޭ ވެސް ބުނީ މެސީ އެނބުރި ޓީމާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔާނެ ކަަމަށެވެ.

ބުދަ ދުވަހު މެސީ ވަނީ ޕީއެސްޖީގެ ޓްރެއިނިން ކޭމްޕަށް ހާޒިރުވެފަ އެވެ. އެއަށްފަހު މެސީ ވަނީ ޓީމުގެ ކުޅުންތެރިންނާ ވެސް ބައްދަލުކޮށްފަ އެވެ. ޓްރެއިނިން ގްރައުންޑަށް މެސީ ނިކުތުމުން ޕީއެސްޖީގެ ކުޅުންތެރިން ވަނީ މެސީ އަށް ގާޑް އޮފް އޮނާ އެއް ކުރިއަށްގެންގޮސްފަ އެވެ. އެއީ މެސީ އާޖެންޓީނާއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުންނެވެ. އެއަށްފަހު ޕީއެސްޖީގެ ޚާއްސަ އެވޯޑެއް ވެސް ވަނީ މެސީ އަށް ދީފަ އެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވީއިރު، އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަނީ ކުޑަ ޗުއްޓީއެއް ދީފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލީގުގައި އެންމެ ފަހުން ލެންސް އަތުން ޕީއެސްޖީ ބަލިވި މެޗަށްފަހު، ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އާއި ޑިފެންޑަރު އަޝްރަފް ހަކީމީ މިހާރު ހުރީ ޗުއްޓީއެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ފްރެންޗް ކަޕް މެޗާއި، ލީގުގައި އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ނުފެންނާނެ އެވެ.

ޕީއެސްޖީގައި މި ސީޒަންގައި މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ވޯލްޑް ކަޕަށް ސީޒަން މެދު ކަނޑާލިއިރު، މެސީ ވަނީ ޕީއެސްޖީ އަށް ކުޅެދިން 19 މެޗުން 12 ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން މިއަހަރު ހަމަވާއިރު، އެއްބަސްވުން އައު ކުރުމަށް މެސީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
03 އެޕްރީލު 2017

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު