Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

3 އެޕްރީލު 2017 | ހޯމަ 09:58

ނައިފަރު ވަނީ އެއް މެޗުން ބަލިވެ އަނެއް މެޗު އެއްވަރުވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އެޕްރީލު 2017 | ހޯމަ 09:58
ކުރެންދޫ އަދި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން

ކުރެންދޫ އަދި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕްގެ ޅ. އަތޮޅު ބުރުގައި ކުރެންދޫ މޮޅުވަމުން ދަނިކޮށް ނައިފަރުން އެޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ޅ. އޮޅުވެލިފުށި ދަނޑުގައި ކުޅުނު މި މެޗުން ދެޓީމު އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގައި ދެޓީމުން ވެސް ޖެހި ލަނޑުތައް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން ދެ ވަނަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ކުރެންދޫ ޓީމުންނެވެ. މިލަނޑު ކުރެންދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސެން ޖިނާހް އެވެ. ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ކުރެންދޫ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު މިދާހް އެވެ.

ކުރެންދޫ ކޮޅަށް ނައިފަރު ޓީމުން ދެ ލަނޑު ވެސް ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އެލަނޑުތައް ނައިފަރު ޓީމަށް ކާމިޔާބު ކޮށްދިނީ މައިދާން ސޯލިހް އާއި އަލީ މުހްތާރު ހުސެއިން އެވެ. މިއީ މިމުބާރާތުގައި ކުރެންދޫ ޓީމް ކުޅުނު ފުރަތަމަ މެޗެވެ. އަދި ނައިފަރު ޓީމް ވަނީ މިމުބާރާތުގެ ފުރަތަމަ މެޗުގައި އޮޅުވެލިފުށި އަތުން 3-2 ލަނޑުން ބަލިވެފައެވެ.

މި މެޗުން އެއްވަރުވުމާ އެކު ނައިފަރަށް ވަނީ މުބާރާތާއި ކުރިއަށް ދިއުމަށް އިތުރު ހުރަހަކާ ކުރިމަތިވެފަ އެވެ. އެގޮތުން އެޓީމަށް މިހާތަނަށް އެއްވެސް މެޗަކުން މޮޅުވެވިފައި ނުވާ އިރު، މި ބުރުން ފައިނަލަށް ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އޮޅުވެލިފުއްޓާއި ކުރެންދޫ އެވެ.

ކުރެންދޫ އާއި އޮޅުވެލިފުށި ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް މި ދެޓީމު ފައިނަލަށް ދާނެ އެވެ.

ޅ. އަތޮޅު ބުރުގައި ވާދަކުރަނީ އޮޅުވެލިފުށީގެ އިތުރުން ނައިފަރާއި ކުރެންދޫ އެވެ. ޅ. އަތޮޅު ބުރުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެމެޗުގައި ބައްދަލުކުރާނީ ކުރެންދޫ އާއި އޮޅުވެލިފުށި ޓީމެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2017

އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި

25 ޖުލައި 2017
އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި
16 ޖުލައި 2017

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު ޓީމުން ސެމީއަށް ދަތުރުކުރިއިރު ޕޮލިސް އަދި ފުނާޑުވެސް ސެމީއިން ޖާގަ ހޯދައިފި

16 ޖުލައި 2017
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު ޓީމުން ސެމީއަށް ދަތުރުކުރިއިރު ޕޮލިސް އަދި ފުނާޑުވެސް ސެމީއިން ޖާގަ ހޯދައިފި
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
20 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

20 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި
01 މެއި 2017

އިންޑިއަން ސުޕާލީގު: މޯހަން ބާގަން އަށް ފުރުސަތު ނުދީ އައިޒައުލް ޗެމްޕިއަންކަން ހޯދައިފި

01 މެއި 2017
އިންޑިއަން ސުޕާލީގު: މޯހަން ބާގަން އަށް ފުރުސަތު ނުދީ އައިޒައުލް ޗެމްޕިއަންކަން ހޯދައިފި
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
05 މާރިޗު 2017

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

05 މާރިޗު 2017
ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް