Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

ކޮންމެ ޤައުމެއްގައި ވެސް ޕެލޭގެ ނަމުން ސްޓޭޑިއަމަކަށް ނަން ދޭން އެދޭނަން: އިންފަންޓީނޯ

އެކަމުގެ ސަބަބެއްގެ ގޮތުގައި އިންފަންޓީނޯ ވިދާޅުވީ، އަންނަން އޮތް ޖީލުތަކާއި، ޒުވާނުންނަށް ޕެލޭ އަކީ ފުޓުބޯޅަ އަށް ކިހާ މުހިންމު ނަމެއްކަން އަންގައިދޭން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 02:30
ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ

ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ

ފުޓުބޯޅަ ލެޖެންޑް ޕެލޭގެ ނަމަށް ޚާއްސަކޮށް ކޮންމެ ޤައުމެއްގައި ވެސް ސްޓޭޑިއަމަކަށް ނަންދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ ޕެލޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބްރެޒިލަށް ވަޑައިގެންނެވުމަށްފަހު އެވެ. އުމުރުން 82 އަހަރުގައި ޕެލޭ މަރުވެފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. ޕެލޭ މަރުވުމުގެ ހިތާމައިގައި ދުނިޔޭގެ ފުޓުބޯޅަ ލީގުތަކުގައި ވެސް އަންނަނީ ހިމޭންކަމުގެ ސުކޫތު ކޮޅު ގެންނަމުންނެވެ. ބްރެޒިލްގެ ސަންޓޯސްގައި ހުންނަވާ ވާހަަކަފުޅު ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ޕެލޭގެ ވަކިވެދިޔުމަކީ ފީފާ އާއި މުޅި ފުޓުބޯޅަ އާއިލާ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި އެކަމުގެ ހިތާމަފާޅުކުރުމުގެ ގޮތުން ހިމޭންކަމުގެ ސުކޫތުކޮޅެއް ގެނައުމަށް ދުނިޔޭގެ ހުރިހާ ފުޓުބޯޅަ އިދާރާއެއްގައި ވެސް އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ ޤައުމެއްގައި ވެސް ޕެލޭގެ ނަމުން ސްޓޭޑިއަމަކަށް ނަން ދިނުމަށް ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ. އެއީ 211 ޤައުމެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އިންފަންޓީނޯ ވިދާޅުވީ، އަންނަން އޮތް ޖީލުތަކާއި، ޒުވާނުންނަށް ޕެލޭ އަކީ ފުޓުބޯޅަ އަށް ކިހާ މުހިންމު ނަމެއްކަން އަންގައިދޭން ޖެހޭނެ ކަމަށެވެ.

ޕެލޭ އަކީ މިހާތަނަަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ތަށި ތިން ފަހަރު އުފުލާލާފައެވެ. މިއީ އެއް ކުޅުންތެރިއަކު އެންމެ ގިނަ އަދަދަކަށް ވޯލްޑް ކަޕް ކާމިޔާބުކުރި އަދަދެވެ. ބްރެޒިލާއެކު ޕެލޭ ވޯލްޑް ކަޕް ކާމިޔާބުކުރީ 1958، 1962 އަދި 1970ގައެވެ. އޭނާ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: މާނޭ

އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: މާނޭ

07 މާރިޗު 2018
ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް

ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް

19 ޑިސެމްބަރު 2017
ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރެވިދާނެ: ގާޑިއޯލާ

ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރެވިދާނެ: ގާޑިއޯލާ

06 ނޮވެމްބަރު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

20 ޖޫން 2017
އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

16 މެއި 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު