Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑޭވިޑް މޮެއެސް

ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް

މޮއެސް ވަނީ ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 14:59
ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮއެސް

ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮއެސް

ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން ކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވެސްޓްހަމް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނެފިއެވެ.

އިނގިރޭސި ލީގް ކަޕްގައި އާސެނަލްއާ ދެކޮޅަށް ވެސްޓްހަމް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮއެސް ބުނީ އޭނާ ވެސްޓްހަމް އަށް އައީ އެ ވަޒީފާ ރަނގަޅަށް އަދާކުރެވޭނެކަން ދައްކަން ކަމަށާއި، ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން ކުރުމުގެ ގާބިލުކަން ވެސް ލިބިގެންވާ ކަމަށެވެ.

މޮއެސް މިހެން ބުނެފައިވާއިރު، މި ސީޒަނުގައި ވެސްޓްހަމް ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ބާކީ ފަސް މެޗުން އެޓީމު އެއްވަރުވިއިރު، އަނެއް ނުވަ މެޗުން ވަނީ ބަލިވެފައެވެ. ވެސްޓްހަމް އޮތީ 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު މޮއެސް ވެސްޓްހަމްގެ ކޯޗުކަމާ ހަވާލުވެފައިވާއިރު، އޭނާ ވަނީ މިހާތަނަށް އެޓީމަށް ހަތް މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން ދެ މެޗުން އެޓީމު މޮޅުވިއިރު، ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ތިން މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އެވަޓަންގެ ކޯޗުކަން 11 އަހަރުވަންދެން ކޮށްފައިވާ މޮއެސް ވަނީ ޔުނައިޓެޑްގެ ކޯޗުކަން ވެސް ކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާ އެކު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު ރެއާލް ސޮސައިޑާޑްއަށް ބަދަލުވިއިރު، 2016 ވަނަ އަހަރު އޭނާ ކޯޗުކަން ކޮށްދީފައި ވަނީ ސަންޑަލޭންޑަށެވެ. ސަންޑަލޭންޑްގެ ކޯޗުކަން މޮއެސް ދޫކޮށްލީ އެޓީމު ރެލިގޭޓްވުމުންނެވެ.

އުމުރުން 54 އަހަރުގެ މޮއެސް ޕްރިމިއާ ލިގުގެ ގިނަ ކްލަބްތަކަށް ކޯޗުކަންކޮށްދީފައިވާއިރު، އެއްވެސް ޓީމަކާއެކު އޭނާ އަށް ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް

މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް

22 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

16 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު