Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: މާނޭ

7 މާރިޗު 2018 | ބުދަ 13:59

މި ސީޒަނުގައި ލިވަޕޫލްގެ ފަރާތުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ފެންނަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 މާރިޗު 2018 | ބުދަ 13:59
ސަދިއޯ މާނޭ

ސަދިއޯ މާނޭ

އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަންނަ ކަމަށާއި ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށް ލިވަޕޫލްގެ ފޯވާޑް ސަދިއޯ މާނޭ ބުނެފިއެވެ.

މި ސީޒަނުގައި ލިވަޕޫލްގެ ފަރާތުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ފެންނަމުންނެވެ. އެ ޓީމުގެ މޮޅު ކުޅުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ފޯވާޑުން ކަމަށް ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ ބުނެފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއިން ލިވަޕޫލް ޖާގަ ހޯދިއިރު މާނޭ ވަނީ އެފްސީ ޕޯޓޯ ކޮޅަށް ހެޓްރިކް ހަދާފައެވެ. އޭނާގެ އިތުރުން ކުރިޔަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު އަދި ރޮބާޓޯ ފިރްމީނޯގެ ފަރާތުން ވެސް މި ސީޒަނުގައި ވަނީ ގިނަ ލަނޑުތަކެއް ފެނިގެންގޮސްފައެވެ. މި ހަފްތާގެ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ލިވަޕޫލްއަށް ޕްރިމިއާ ލީގުގެ ދެވަނައަށް ޖެހިލެވޭނެއެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން މާނޭ ބުނީ އެއްވެސް ޓީމަކާއި ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ވާނެ މެޗެއް ނޫން ކަމަށާއި އެހެން ނަމަވެސް އަބަދުވެސް ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑަކީ އިނގިރޭސިވިލާތުގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ގުނާލެވޭނެ ޓީމެއް ކަމަށާއި އެ ޓީމާއި އެއްވަރަށް ލިވަޕޫލް ވެސް އެ ލިސްޓުގައި ގުނާލެވޭނެ ކަމަށެވެ. އޭނާ ބުނީ މިފަދަ ބޮޑު މެޗެއްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ދެކޭ ހުވަފެނެއް ކަމަށާއި އެންމެން ވެސް ޔުނައިޓެޑާއި ދެކޮޅަށް ނުކުތުމަށް ކެތްމަދުވެފައި ތިބި ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާނޭ ބުނީ މިއީ ލިވަޕޫލްގެ ކުޅުންތެރިންނަށާއި ސަޕޯޓަރުން އަދި ޓީމަށް ވެސް ވަރަށް ބޮޑު އަދި މުހިންމު މެޗެއް ކަމަށެވެ. އޭނާ ބުނީ ޓީމުގައި މިވަގުތު އޮތީ ރަނގަޅު ސްކޮޑެއް ކަމަށާއި ޓީމު އޮތީ ވެސް ފޯމުގައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ބުނީ އެއްވެސް ޓީމެއް ދެކެ ބިރު ނުގަންނަ ކަމަށާއި އަމިއްލަ ޓީމުގައި ތިބި ކުޅުންތެރިންނަނީ ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނަށްވުރެ ދަށް ކުޅުންތެރިން ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ދުރަށް ދަތުރުކުރުން ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ޓީމަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އެ ޓީމު ދޫކޮށްލުމާއި ގުޅިގެން އެ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެހެން ނަމަވެސް އެ ޓީމުން އަންނަނީ ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހިފަހައްޓަމުންނެވެ. ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގައި ކުޅުނު 29 މެޗުން ލިބުނު 60 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ޔުނައިޓެޑް އެ ޓީމަށް ވުރެ ދެ ޕޮއިންޓް ކުރީގައި އޮތްއިރު އޯލްޑް ޓްރެފޯޑްގައި ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ދެވަނަ މަގާމު ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް