Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މާޓިނޭޒްގެ އަމަލާމެދު އެމްބާޕޭގެ މާބޮޑު އަޅާލުމެއް ނެތް

އެމްބާޕޭ ބުނީ އެކަހަލަ ކަންކަމާ ވިސްނައި، އެ ވާހަކަތައް ދައްކައި އޭނާގެ ވަގުތު ބޭކާރުކޮށްލަން ބޭނުންނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2022 | ހޮނިހިރު 05:56
އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ހާޒިރުވަނީ

އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ހާޒިރުވަނީ

ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމުގެ އުފާ ފާޅު ކުރުމުގެ ގޮތުން އާޖެންޓީނާގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ހިންގި އަމަލާމެދު މާ ބޮޑު އަޅާލުމެއް ނެތް ކަމަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މުބާރާތް ކާމިޔާބު ކުރުމަށްފަހު އާޖެންޓީނާގައި އޮތް ބަސް ޕެރޭޑެއްގައި މާޓިނޭޒް ވަނީ އެމްބާޕޭ އަށް މަލާމަތްކޮށްފަ އެވެ. އެގޮތުން އެމްބާޕޭގެ މޫނު ބޭނުކޮށްގެން އޭނާ ވަނީ ވައްތަރު ޖައްސާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވެސް މާޓިނޭޒް އަށް އަމާޒުވި އެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ މާޓިނޭޒް ހިންގީ ކުޅިވަރާއި ވެސް ގުޅުން ހުރި އަމަލެއް ނޫން ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ.

އެކަމާގުޅިގެން އެމްބާޕޭބުނީ މާޓިނޭޒް އެފަދަ ގޮތަށް އަމަލު ކުރުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ. އެމްބާޕޭ ބުނީ އެކަހަލަ ކަންކަމާ ވިސްނައި، އެ ވާހަކަތައް ދައްކައި އޭނާގެ ވަގުތު ބޭކާރުކޮށްލަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ މިހާރު އެންމެ މުހިންމީ އޭނާގެ ކުލަބަށް އެންމެ މޮޅު ކުޅުން ކުޅެދިނުން ކަމަށެވެ. އެމްބާޕޭ ބުނީ މިހާރު މަޑުކުރަމުން ދަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެނބުރި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފަރިތަކުރުންތަކާ ގުޅި، މެސީއާއެކު ކުޅެ، ގިނަ ލަނޑުތަކެއް ޖަހައި މޮޅުވާން ކަމަށެވެ.

ވޯލްޑް ކަޕްގެ ފައިނަލާ ގުޅުވައި އެމްބާޕޭ ބުނީ މެޗަށްފަހު އޭނާ މެސީ އަށް މަރުޙަބާ ކިޔާފައިވާނެ ކަމަށެވެ. އެއީ މެސީ އަށް ވަރަށް ޚާއްސަ ވަގުތު ކޮޅަކަށްވި ކަމަށާއި، ހަމައެފަދައިން އެއީ އޭނާ އަށް ވެސް ޚާއްސަ މުބާރާތަކަށްވީ ކަމަށެވެ. ނަމަވެސް އެ މެޗުން ބަލިވުމުން އެކަމާ ދެރަވިކަން އެމްބާޕޭ ވަނީ ފާހަގަކޮށްފަ އެވެ.

އެމްބާޕޭ ވަނީ މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓު ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2021

އެމްބާޕޭގެ ހެޓްރިކާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

16 ފެބުރުއަރީ 2021
އެމްބާޕޭގެ ހެޓްރިކާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް
17 އޮކްޓޯބަރު 2020

އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

17 އޮކްޓޯބަރު 2020
އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް
14 ސެޕްޓެމްބަރު 2020

ރެއާލުން މާޓިނޭޒްގެ ސޮއި ހޯދާކަށް ނޫޅޭ

14 ސެޕްޓެމްބަރު 2020
ރެއާލުން މާޓިނޭޒްގެ ސޮއި ހޯދާކަށް ނޫޅޭ
20 މެއި 2020

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެއްބަސްވުން އާކޮށްފި

20 މެއި 2020
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެއްބަސްވުން އާކޮށްފި
28 މާރިޗު 2020

ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް

28 މާރިޗު 2020
ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް
01 މާރިޗު 2020

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޑިޔޮން ބަލިކޮށްފި

01 މާރިޗު 2020
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޑިޔޮން ބަލިކޮށްފި
05 ޑިސެމްބަރު 2019

ފްރެންޗް ލީގް: ނޭމާއާއި އާއި އެމްބާޕޭގެ ގޯލާއެކު ޕީއެސްޖީއަށް މޮޅެއް

05 ޑިސެމްބަރު 2019
ފްރެންޗް ލީގް: ނޭމާއާއި އާއި އެމްބާޕޭގެ ގޯލާއެކު ޕީއެސްޖީއަށް މޮޅެއް
05 ނޮވެމްބަރު 2019

އެމްބާޕޭގެ ކުރިމަގު: ދެން ފެންނާނީ ރެއާލުން

05 ނޮވެމްބަރު 2019
އެމްބާޕޭގެ ކުރިމަގު: ދެން ފެންނާނީ ރެއާލުން
08 އޮކްޓޯބަރު 2018

އެމްބާޕޭގެ 4 ގޯލާ އެކު ތަފާތު ބޮޑުކޮށް ޕީއެސްޖީ މޮޅުވެއްޖެ

08 އޮކްޓޯބަރު 2018
އެމްބާޕޭގެ 4 ގޯލާ އެކު ތަފާތު ބޮޑުކޮށް ޕީއެސްޖީ މޮޅުވެއްޖެ
30 ޖޫން 2018

ވާރލްޑް ކަޕް: އެމްބާޕޭގެ މޮޅު ކުޅުމާއެކު މެސީ އަދި އާޖެންޓީނައަށް ވާރލްޑް ކަޕް ނިމިއްޖެ

30 ޖޫން 2018
ވާރލްޑް ކަޕް: އެމްބާޕޭގެ މޮޅު ކުޅުމާއެކު މެސީ އަދި އާޖެންޓީނައަށް ވާރލްޑް ކަޕް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު