Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

އެމްބާޕޭގެ 4 ގޯލާ އެކު ތަފާތު ބޮޑުކޮށް ޕީއެސްޖީ މޮޅުވެއްޖެ

8 އޮކްޓޯބަރު 2018 | ހޯމަ 17:16

ލީގުގައި ޕީއެސްޖީ އޮތީ ތަފާތު ބޮޑުކޮށް ތާވަލުގެ އެއްވަނައިގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޮކްޓޯބަރު 2018 | ހޯމަ 17:16
އެމްބާޕޭ ވަނީ 13 މިނެޓް ތެރޭ 4 ގޯލު ޖަހާފައި

އެމްބާޕޭ ވަނީ 13 މިނެޓް ތެރޭ 4 ގޯލު ޖަހާފައި

ފްރެންޗް ލީގް ވަންގައި އިއްޔެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ލިޔޯން ބައްދަލުކުރި މެޗް 5-0 އިން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ވަރލްޑް ކަޕުން ވިދާލި ކައިލިއަން އެމްބާޕޭ ވަނީ ފުލުފުލުގައި 13 މިނެޓް ތެރޭ 4 ލަނޑު ޖަހާފައެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 9 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބްރެޒިލްގެ ފޯވަޑް ނޭމާރއެވެ.

ދެވަނަ ހާފް ފެށިގެން މެޗުގައި 61 ވަނަ މިނެޓްގައި އެމްބާޕޭ އޭނާގެ ފުރަތަމަ ލަނޑު ޖަހައި ލިޔޯންގެ ލީޑު ފުޅާކުރިއެވެ. އަދި އެއަށްފަހު 5 މިނެޓް ނުވަނީސް 66 ވަނަ މިނެޓްގައި ލަނޑެއް ޖެހިއެވެ. އަދި 69 ވަނަ މިނެޓްގައި ލަނޑެއް ޖަހައި ހެޓްރިކް ހެދިއެވެ. އަދި އަނެއްކާ ވެސް 74 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖެހިއެވެ.

މިހާތަނަށް މިސީޒަނުގައި އެމްބާޕޭ ވަނީ 11 ލަނޑު ޖަހާފައެވެ.

މި މެޗުގައި ދެ ރަތް ކާޑު ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގެ 32 ވަނަ މިނެޓްގައި ޕީއެސްޖީގެ ކިމްޕެމްބޭ އަށް ރަތް ކާޑު ދެއްކިއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ވަގުތު ކުޅެމުން ދަނިކޮށް ލިޔޯންގެ ޓޯސަރޓަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލެވުނެވެ. އެހެންކަމުން މިމެޗުގެ 2 ވަނަ ހާފް ކުޅުނީ ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ފްރެންްޗް ލީގް ވަންގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯޑޯ އާއި ނަންޓޭސް ކުޅުނު މެޗު ބޯޑޯ ކާމިޔާބުކުރީ 3 - 0 އިންނެވެ. މާސޭއާއި ކައެންގެ މެޗު 2 - 0 އިން މާސޭ ކާމިޔާބުކުރި އިރު މޮނާކޯ އާއި ރެނޭސް ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ރެނޭސްއެވެ.

27 ޕޮއިންޓާ އެކު ފްރެންޗް ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ޕީއެސްޖީއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް