Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ނީމް އަތުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޮކްޓޯބަރު 2020 | ހޮނިހިރު 06:36
ނީމް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ން

ނީމް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ން

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ނީމް އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ނީމްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ނީމްގެ ލޮއިކް ލަންޑްރޭއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ލަންޑްރޭއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ ޕީއެސްޖީގެ ރަފީނިއާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ޕީއެސްޖީން ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާގެ އެހީއާއެކު އަލެސަންދްރޯ ފްލޮރެންޒީ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ސަރާބިއާގެ އެހީއާއެކު އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޮލިން ޑަގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ސަރާބިއާއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ހަތް މެޗުން 15 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެނެސްއަށްވެސް ހަތް މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. އެކަމަކު ޕީއެސްޖީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ޑިޖޮންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު