Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭ

މަޑިތަކަށް ގޯނާ ނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

30 ޑިސެމްބަރު 2022 | ހުކުރު 03:07

ގެއްލުން ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަން ހަނދާންކޮށްދީ އެ ކަން ކުރާނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިންވަނީ ބުނެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ޑިސެމްބަރު 2022 | ހުކުރު 03:07
މަޑި

މަޑި

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގޯނާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު އީޕީއޭގެ ނެރުނު ބަޔާނެއްގައި ބުނީ ސްނޯކްލިންއާއި، ޑައިވިންއާއި ކްރޫޒިން އާއި މޫދަށް އެރި އުޅުން ފަދަ ކަންކަމުގައި، ބައެއް ފަހަރު މަޑީގެ ބާވަތްތަކަށް ގޯނާވާ ފަދަ އަމަލުތައް ކުރެވޭ ކަމަށެވެ. އެހެންކަމުން އެގޮތަށް މޫދަ އެރި އުޅޭވަގުތު އެތަކެއްޗަށް ގޯނާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އީޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

އީޕީއޭއިން ބުނީ ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއަކީ ހިމާޔަތްކުރެވިފައިވާ ތަކެތި ކަމަށެވެ. އެހެންކަމުން މަޑީގެ ހަރަކާތްތައް ބަލާ، ކަނޑުގައި އެތަކެތި އުޅޭ ސަރަހައްދުގައި ދުއްވާއިރު އެ ތަކެއްޗާ އުޅަނދާ ދެމެދު ތިން މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް އީޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބައެއް ބާވަތުގެ މަޑިއަކީ ކާނާ ހޯދަން ކަނޑުގެ ލޮނުގަނޑުން މައްޗަށް އަރާ ބާވަތުގެ މަޑިއަށްވާތީ، އެ ކަމަށް ސަމާލުވެ، މަޑުން އުޅަނދު ދުއްވަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމަޑިއާއި، ވައިފިޔަމަޑިއާއި މި ނޫނަސް މަޑީގެ ގިނަ ބާވަތްތަކަކީ، ބައިނަލްއަގްވާމީ އެކި މުއާހަދާތަކުން ނެތިދާނެކަމުގެ ބިރު ފާޅުކޮށްފައިވާ ތަކެެތިކަމަށާއި އެންމެ ބިރު ބޮޑީ، ރީފް މަންތާރޭ އާއި ޖަޔަންޓް އޯޝަނިކް މަންތާރޭ ނެތިދިއުން ކަމަށް އިޕީއޭ އިން ބުންޏެވެ.

މި ދިރުންތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުން ވަރަށް ފުޅާ ދާއިރާއެއްގައި، ބާނަމުންދާ ދިރުންތަކަކަށްވެފައި، ވިހާ އަލާވުމަށް ދިގު މުއްދަތެއް ނަގާ ދިރުންތަކަކަށްވާތީ އޭގެ އާބާދީތައް ދެމެހެއްޓުމުގައި ރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތައް މުހިންމު ދައުރެއް އަދާކުރަން ޖެހޭކަން ވެސް އީޕީއޭއިން ފާހަގަކުރިއެވެ. އަދި އެފަދަ ދިރުމަކަށް ގެއްލުން ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަން ހަނދާންކޮށްދީ އެ ކަން ކުރާނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިންވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް