Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަރީޝްގެ ހެކިބަސް

ނަރީޝް ދެއްވި ދޮގު ހެކިބަސް ސަލީމް ގުޅުވާލެއްވީ އިސްރާ މިއުރާޖު ހާދިސާއާ

29 ޑިސެމްބަރު 2022 | ބުރާސްފަތި 10:59

ނަރީޝްގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 10:59
ޕީޕީއެމްއިން ބޭއްވި ޖަލްސާ

ޕީޕީއެމްއިން ބޭއްވި ޖަލްސާ

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި އަބްދުﷲ ޔާމީނުގެ ދިފާއީ ހެތްކެއްގެ ގޮތުގައި ހާޒިރުވެވަޑައިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ދެއްވި ހެކިބަސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިސްރާ މިއުރާޖުގެ ހާދިސާއާ ގުޅުވާލައްވައިފިއެވެ.

ދިފާއީ ހެކިންގެ ގޮތުގައި ހާޒިރުވި ފަރާތްތަކުގެ ހެކިބަސްތަކަށް ޖުމުލަކޮށް ބަލާއިރު، ހެކިވެރިންގެ ހަނދާނުގައި ހުރީ ހަމައެކަނި ދައުވާ ލިބޭ ފަރާތްތަކަށް ފަހިވާ ބައި އެކަނިކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެފަދަ ހަނދާން ބަލި، "ސެލެކްޓިވް މެމޮރީ" ހުންނަ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް، އިސްލާމީ ޝަރީއާގައި ފިގުހު އިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

މިސާލަކަށް ނަރީޝްގެ ހެކިބަހަށް ބަލާއިރުވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ހުކުމުގައި ފާހަަގަކޮށްފައިވެއެވެ. އެގޮތުން ދިފާއުން ކުރި ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލުކުރުމުން ވަގުތުން ޖަވާބު ދެއްވާފައިވާކަން އެނގެން އޮންނައިރު، ދައުލަތުން ކުރި ސުވާލުތަކާގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދުމަފުޅުގައި ނެތެވެ.

އެކަމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ސަލީމް ވަނީ، އިސްރާ މިއުރާޖުގެ ހާދިސާއަށް އަލިއަޅުވާލައްވައި، ނަރީޝް ދިން ހެކިބަސް އެ ހާދިސާއާ ގުޅުވާލައްވާފައެވެ.

އެ މޭރުމުން ވާހަކަފުޅުދައްކަވަމުން ސަލީމް ވަނީ ލައިވް ޓީވީގައި ހަޑިހުތުރުބަސްވެސް ބޭނުންކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ނަރީޝްގެ ހެކިބަހުގައި ކުދިކުދި ތަފްސީލުތައް ހަނދުމަފުޅުގައި ނެތްކަމަށް ބުނެ، ދިފާއުގެ ސުވާލުތަކުގެ ޖަވާބު ތަފްސީލުކަމާއެކު ދީފައިވާތީ، ސަބަބުވެެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ އަޖައިބު ކުރުވަނިވި، ހައިރާން ކުރުވަނިވި ކަމެއްކަމަށް ބަޔާންކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސަލީމް ވިދާޅުވީ، ޔާމީނަށް ފައިސާ ގެންދިޔަ މީހާވެސް އަދި އެއާ ހަވާލުވި މީހާވެސް ވިސްނާނީ ހަމައެކަނި ފައިސާއާ ދޭތެރޭގައި ކަމަށެވެ. އޭގެ ބޭރުން ދެން ހުރި ކަންކަމާމެދު ނުވިސްނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

އެފަދަ ސުވާލުތަކަކީ ޝަރީއަތުގެ މަޖިލީހުގައި އެހޭނެ ސުވާލުތަކެއްވެސް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

އަދި، އޭނާއަށް އޭނާގެ އައިޑީކާޑު ނަންބަރުވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން އެ ކަންކަންވެސް އެނގެން ޖެހޭކަމަށް ވިދާޅުވެ ސަލީމް ވަނީ، ސަބަބުވެރި އިންސާނާގެ ވިސްނުމާ ގުޅޭގޮތުން ކޯޓުގެ ހުކުމުގައި ބުނެފައިވާ ކަންކަމަށް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް