Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންނަށް ބިރުދެއްކުން

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

ސަލީމް އަށް ބިރުދެއްކީ 25 އަހަރަށް ޖަލަށް ލާނެ ކަމަށްބުނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 20 މާރިޗު 2017 | ހޯމަ 23:26
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް

ދިވެހިރާއްޖޭގެ ބިން، ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރި ދުވަހު، އެ އިސްލާހާއި އެއްކޮޅަށް ވޯޓު ދިނީ ބިރުދައްކާފައި ހުރުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު 'ރެޑްވޭވް' ސަލީމް ވިދާޅުވި ކަމަށް، އެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިސްނަގައިގެން، ބިން ވިއްކުމާއި ގުޅޭގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ޕެނަލް މަޝްވަރާއެއްގައި، ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، އަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީއަށް ދެވަނަ އިސްލާހު ގެނައި ދުވަހު، އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވައިދޭން ސަލީމް އެދިވަޑައިގަތް ކަމަށާ، ސަލީމްއަށް ބިރުދައްކާފައި ހުރިކަންވެސް ސަލީމް ހާމަ ކުރެއްވި ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

Advertisement - newsAdvertisement
އަޅުގަނޑު މިއަދު ދަންނަވާނަން، އެދުވަހު، ބިމާގުޅޭގޮތުން ޤާނުނު އިސްލާހު ކުރެވުނު އިރުގަ، އެ ބިލާ ބެހޭގޮތުން ވާހަކަ ދެއްކީރު، ހަމަގައިމުވެސް، އަޅުގަނޑުގެ ކައިރީ، އަޅުގަނޑުގެ ކަނާތްފަރާތުގަ އިނދެގެން، އޭދަފުށީ ދާއިރާގެ މެންބަރު، އަޅުގަނޑު ގާތުގަ އާދޭސްކޮށްފަ ދަންނަވާފަ ހުންނާނެ، އަލީ ޙުސައިންއޭ މިކަން ވީގޮތަކުން ހުއްޓުވައިދޭށޭ. ތިމަންނައެއް ބޭނުމެއް ނޫނޭ މިޤައުމުގެ ބިންވިއްކާކަށް. އެކަމު ތިމަންނައަށް ހަމަ ބިރުދައްކާފައޭ ހުރީ. ތިމަންނައާ ދިމާލަށް ބުންޏޭ، ނާޒިމަށް ވީގޮތް ބަލާބަލާށޭ، ފަންސަވީސް އަހަރަކަށް ނޫންހޭ ޖަލަށްލީ، ހަމަ އެވަރަށް ސަލީމްވެސް ޖަލަށް ލާނަމޭ. ހަމަ އެއްވެސް ގޮތެއް ނެތިގެންނޭ މިއަދު އައިސް ވޯޓު މި ދިނީ. އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން އިތުރަށް ވިދާޅުވީ، އެކަށޭނަ ވަގުތު ނުދީ، މި އިސްލާހު ފާސްކުރީ، މެންބަރުންނަށް ފްރީ ހޯލްޑް އުޞޫލަކީ ކޮބައިކަން އޮޅުވާލައިގެން ކަމަށެވެ.

މިކަމާއި ގުޅިގެން މެންބަރު ސަލީމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، އެމަނިކުފާނު ރާއްޖޭގައި ނޫޅުއްވާތީ، ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ބޭނުންވާ ގޮތަށް އެކި ކަންކަން ކުރުމަށް މެންބަރުންނަށް ބިރުދައްކާ ކަމުގެ ވާހަކަ މީގެ ކުރިންވެސް އެކި ފަހަރުމަތިން އިވިގެން ގޮސްފައިވާއިރު، ބައެއް މެންބަރުން ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، އެފަރާތްތަކުގެ ވިޔަފާރިއަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިވާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު