Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޒޯ ފެނާންޑޭޒް

ވޯލްޑް ކަޕުން ވިދާލި އެންޒޯ އަށް ކުލަބުތަކުގެ ޝައުޤުވެރިކަން

އެންޒޯ ހޯދަން ބޭނުންވަނީ ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު، ލިވަޕޫލް، ޗެލްސީގެ އިތުރުން ފްރާންސް ލީގުގެ ޕީއެސްޖީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 02:21
ވޯލްޑް ކަޕްގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑާއެކު އެންޒޯ ފެނާންޑޭޒް

ވޯލްޑް ކަޕްގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑާއެކު އެންޒޯ ފެނާންޑޭޒް

މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުން ވިދާލި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ޝައުޤުވެރިކަން ފާޅުކުރާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއަހަރުގެ މުބާރާޓުގައި އެންޒޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާޖެންޓީނާ އިން މުބާރާތުގެ ތަށި ހޯދުމުގައި އޭނާގެ ހިއްސާވެސް ބޮޑެވެ. އެންޒޯ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ މިހާރު ކުޅެމުން އަންނަނީ ބެންފީކާއަށެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އެންޒޯ ހޯދުމަށް ހަތަރު ކުލަބަކުން ބޭނުންވެ އެވެ. އެއީ ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު، ލިވަޕޫލް، ޗެލްސީގެ އިތުރުން ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އެވެ. ބެންފީކާއާއެކު ވެސް އެންޒޯ އަންނަނީ މޮޅަށް ކުޅެމުންނެވެ. ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެންޒޯ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކުލަބަކީ ޗެލްސީ އެވެ. އެއީ އެ ކުލަބުގެ މެދަށް ކުޅެމުން އައި އެންގޯލޯ ކާންޓޭ އަށް އަނިޔާވުމުންނެވެ. މީގެ އިތުރުން ޔުނައިޓެޑުން ބޭނުންވަނީ އަންނަ ޖުލައި މަހު އެންޒޯ އެ ކުލަބަށް ގެންނަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ލިވަޕޫލުން ވެސް އެ ޓީމުގެ މެދުތެރެއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެންޒޯއަަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ދާދި ފަހުން ކޯޑީ ގަކްޕޯގެ ސޮއިލިބުމާއެކު ލިވަޕޫލުން އެ ރޭހުގައި ފަހަތަށް ޖެހިދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ދެން އެންޒޯ ހޯދުމަށް މަސައްކަތް ކުރާ ކުލަބަކީ ޕީއެސްޖީ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއަށް އެންޒޯ ގެންދިޔުމަށް ބާރު އަޅަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންޒޯ އެކުލަބަށް ގެނައުމަށް ޕީއެސްޖީގައި އެދިފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޕީއެސްޖީން ވަނީ މެސީއާއެކު އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލުމަށް އެއްބަސްވުމަކަށް އާދެވިފަ އެވެ.

މި ސީޒަންގައި އެންޒޯ ވަނީ މިހާތަނަށް ބެންފީކާ އަށް ކުޅެދިން 24 މެޗުގައި ތިން ލަނޑު ޖާހަފަ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު