Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީއެއް ގާއިމުކުރަނީ

މި މަސައްކަތަށް ބޭނުންވާ ފަންޑް "ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ"ގެ ދަށުން، ޖަޕާނާއި ޔޫއެންޑީޕީން ހަމަޖައްސައިދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2022 | ބުދަ 11:03
ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީއެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ލެބޯޓްރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެންރީކޯ ގަވޭލިއާއާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އިސްމާީލް ރަފީގެވެ.

މި ލެބޯޓްރީ ފެސިލިޓީގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން، ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން، ޔޫ.އެން.ޑީ.ޕީން ތަންފީޒުކުރާ "ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ" މަޝްރޫއުގެ ދަށުންނެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 390 ދުވަހުގެ މުއްދަތެކެވެ.

މި ލެބޯޓްރީން ވެލި ތަހުލީލުކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި މަސައްކަތަށް ބޭނުންވާ ފަންޑް "ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ"ގެ ދަށުން، ޖަޕާނާއި ޔޫއެންޑީޕީން ހަމަޖައްސާފައިވާ ކަމަށެވެ. މިތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު