Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި ޓޮޓެންހަމުން ބްރެންޓްފޯޑާ އެއްވަރުކޮށްފި

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޑިސެމްބަރު 2022 | އަންގާރަ 02:24
ބްރެންޓްފޯޑާއި ޓޮޓެންހަމް ވާދަކުރި މެޗުގައި ކޭން

ބްރެންޓްފޯޑާއި ޓޮޓެންހަމް ވާދަކުރި މެޗުގައި ކޭން

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ބްރެންޓްފޯޑް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މިއީ ފީފާ ވޯލްޑް ކަަޕަށް ޕްރިމިއާ ލީގު މެދު ކަނޑާލުމަށްފަހު، ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ބްރެންޓްފޯޑުގެ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަަމަ ދެ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑު ނަގައިދިނީ ވައިޓާލީ ޔަނެލްޓް އެވެ. ބްރެންޑްފޯޑުގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު ޓޯނޭ އެވެ. އެއީ ބްރެންޓްފޯޑަށް ލިބުނު ކޯނަރެއްގައި ހުރަސް ކުރި ބޯޅައެއް ކްރިސްޓިއަން ނޯގާޑް ދިން ވަގުތު ގޯލަށް ފޮނުވާލައިގެން ޓޯނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ޓޮޓެންހަމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ 65 ވަނަ މިނެޓުގައެވެ. އެއީ ކްލެމެންޓް ލޯންގްލޭ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އިނގިރޭސި ފޯވާޑް ހެރީ ކޭން ޖަހައިދިން ލަނޑެކެވެ. ޓޮޓެންހަމުން ވަނީ އޭގެ ހަ މިނެޓު ފަހުން، 71 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖަަހައި، މެޗުން ޕޮއިންޓެއް ކަށަވަރުކޮށްފަ އެވެ. ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕިއޭ އެމީލް ހޮއިބިއާ އެވެ.

މެޗު އެއްވަރުވުމުން ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 16 މެޗުން 30 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމަށްވުރެ ދެ މެޗު މަދުން ކުޅެގެން، ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ލިބެނީ 26 ޕޮއިންޓެވެ.

ލީގުގައި ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސްގެ އަމިއްލަ ދަނޑުގައި އެ ޓީމު ވަނީ 3-0 އިން ފުލަމް އަތުން ބަލިވެފަ އެވެ. ވުލްވްސް އިން ވަނީ އެވަޓަންގެ ދަނޑުގައި 2-1 އިން އެ ޓީމު ބަލިކޮށްފަ އެވެ. ލެއިސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗު 3-1 އިން ނިއުކާސަލް ޔުނައިޓެޑް ކާމިޔާބު ކުރިއިރު، ސައުތުހެމްޓަންގެ ދަނޑުގައި އެ ޓީމު ވަނީ 3-1 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
20 އެޕްރީލު 2017

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

20 އެޕްރީލު 2017
ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު