Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއުތައް

ވެރިކަމަށް އައިސް ކުރަން މިޖެހުނީ، އެހެން ޤައުމުތަކުގައި މީގެ 100 އަހަރު ކުރިން ކުރަން ފަށާފައި ހުރި ކަންތައްތައް - ރައީސް

އެ ސަރުކާރުތަކުން ރައްޔިތުންނާ ދޭތެރެއަކު، މި ޚިދުމަތްތައް ދިނުމާ ދޭތެރެއަކު ވިސްނާފައެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2022 | އާދީއްތަ 06:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

2018 ވަނަ އަހަރު ވެރިކަމަށް އައިސް ކުރަން ޖެހުނީ އެހެން ޤައުމުތަކުގައި މީގެ 100 އަހަރު ކުރިން ކުރަން ފަށާފައި ހުރި ކަންތައްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގއ. މާމެންދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އަދި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ މީގެ ފަނަރަވަރަކަށް އަހަރު ކުރިއަށް ބަލާއިރުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމު ކަމަށެވެ. އެހެން ނަމަވެސް، މީގެ 14 އަހަރު ކުރިން، ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމުގެ ތެރެއިން މިޑްލް އިންކަމް ޤައުމަކަށް ބަދަލުވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement

ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ރާއްޖެ ވަނީ ލީސްޓް ޑިވެލޮޕް ކަންޓްރީއަކުން މިޑްލް އިންކަމް ކަންޓްރީއަކަށް ބަދަލުވެފައި ކަމަށެވެ. އެހެން ނަމަވެސް، އެއައި ބަދަލާއެކު ދައުލަތަށް އެ ލިބެމުންދިޔަ އާމްދަނީއާއެކުގައި އޭގެ ނަފައެއް ރައްޔިތުންނަކަށް ނުލިބޭ ކަމަށެވެ. އޭރު އެ ސަރުކާރުތަކުން ރައްޔިތުންނާ ދޭތެރެއަކު، މި ޚިދުމަތްތައް ދިނުމާ ދޭތެރެއަކު ވިސްނާފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައިސް ކުރަން މިޖެހުނީ އެހެން ޤައުމުތަކުގައި މީގެ 100 އަހަރު ކުރިން ކުރަން ފަށާފައި ހުރި ކަންތައްތައް ކަމަށެވެ. މަގުތައް ހެދުން، ފެނާއި، ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުން، ދަތުރުފަތުރު ރަނގަޅަށް ކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.

މިއީ ދައުލަތަށް އޭރު ލިބެމުންދިޔަ އާމްދަނީއާ ބަލާއިރުގައި ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރަނގަޅު ޕްލޭނެއް ނެތި، އެކަމާ ދޭތެރޭގައި، ރައްޔިތުންނާ ދޭތެރޭގައި ވިސްނުމެއް ނުގެންގުޅުނީމަ ވެފައި އޮތް ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ސަރުކާރުން މި ދެންނެވި ގޮތަށް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޙައްޤުތައް ކަށަވަރުކޮށްދިނުން އެއީ، އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ފެށި މަސައްކަތް ގެންދަނީ ފުރިހަމަކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާމެންދޫގައި ސަރުކާރުން ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. ސަރުކާރަށް ހުށަހަޅާފައި ހުރި ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުށަހެޅީ ރަށް ގިރުމުގެ މައްސަލަ ކަމަށެވެ.

އަދި ރަށް ގިރަމުން ގޮސް އެހިސާބުގައި ދިރިއުޅޭ މީހުންނަށް ގެދޮރުތަކަށް އޭގެ ގެއްލުންވާ ހިސާބަށް ގޮސްފައި އޮތް ވާހަކަ ވިދާޅުވި ކަމަށާއި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ފެށޭއިރުގައި މި ރަށުގެ ރަށްގިރުން ޙައްލުކުރުމަށްޓަކައި ބަޖެޓުގެ ތެރެއިން އެ މަސައްކަތް ފަށައިދޭނެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު