Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޓަމެންޑީގެ ކުރިމަގު

އޮޓަމެންޑީގެ އެއްބަސްވުން އައުކުރުމަށް ބެންފީކާ އިން ބޭނުންވޭ

އޭނާ ބެންފީކާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2022 | އާދީއްތަ 02:15
އާޖެންޓީނާގެ އޮޓަމެންޑީ

އާޖެންޓީނާގެ އޮޓަމެންޑީ

ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީގެ އެއްބަސްވުން އައު ކުރުމަށް އެ ކުލަބުން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ އޮޓަމެންޑީ ބެންފީކާ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭނާ ބެންފީކާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެއެވެ. ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި އޮޓަމެންޑީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބެންފީކާ އިން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެއާއެކު ބެންފީކާ އިން ވަނީ އޮޓަމެންޑީ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. އެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ބެންފީކާ އާއި އޮޓަމެންޑީއާ ދެމެދު ދަނީ ކުރެވެމުންނެވެ.

ނަމަވެސް ބެންފީކާގެ އެއްބަސްވުން އައު ކުރުމަށް އޮޓަމެންޑީ ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިވާ ޕްލޭޓް އިން ވެސް އޮޓަމެންޑީ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭއިރު، އޭނާ ބޭނުންވަނީ ޔޫރަޕުގެ ކުލަބަކަށް ކުޅެން ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. 2007 ވަނަ ސީނިއާ ކެރިއަރު ފެށި އޮޓަމެންޑީ ވަނީ ސްޕެއިންގެ ވެލެންސިއާ އާއި އެތުލެޓިކޯ މެޑްރިޑު އަދި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީ އަށް ވެސް ކުޅެފައެވެ.

ސިޓީން ބެންފީކާ އަށް ބަދަލުވި ފަހުން އޭނާ ބަނީ އެ ކުލަބަށް ކުޅެދިން 104 މެޗުގައި ދެ ލަނޑު ޖަހާފަައެވެ. އާޖެންޓީނާ އިން މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އޮޓަމެންޑީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

14 މެއި 2017
ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު