Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ އެންމެ ރީތި ލަނޑަކަށް، ރިޗާލިސަންގެ ބައިސިކަލް ކިކް

ރިޗާލިސަން މި ލަނޑު ޖަހާފައިވަނީ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގެ 73 ވަނަ މިނެޓުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2022 | ހޮނިހިރު 08:48
ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިސިކަލް ކިކަކުން ރިޗާލިސަން ލަނޑު ޖަހަނީ

ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިސިކަލް ކިކަކުން ރިޗާލިސަން ލަނޑު ޖަހަނީ

ގަތަރުގައި ކުރިޔަށްދިޔަ ފީފާ ވޯލްޑް ކަޕްގެ އެންމެ ރީތި ލަނޑަކަށް ބްރެޒިލްގެ ރިޗާލިސަންގެ ބައިސިކަލް ކިކް ހޮވިއްޖެއެވެ.

އެ ލަނޑަކީ ބެލުންތެރިންގެ ފަރާތުން އެންމެ ގިނަ ވޯޓު ލިބުނު ލަނޑުކަމަށް ފީފާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ޕްރިމިއަރ ލީގުގެ ޓޮޓެންހަމަށް ކުޅެމުން އަންނަ ރިޗާލިސަން މި ލަނޑު ޖަހާފައިވަނީ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި މެޗުގައި ސާބިއާގެ މައްޗަށް ބްރެޒިލްއިން ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ.

ރެއާލް މެޑްރިޑްގެ ތަރި، ވިނީޝިޔަސް ޖޫނިއާ ފައިގެ ބޭރު ފަރާތުން ފޮނުވާލި ރީތި ހުރަހެއް ރިޗާލިސަން ޖަހާފައިވަނީ، ފުރަތަމަ ފަހަރުން ބޯޅަ ހިއްލާލުމަށްފަހު ވޮލީއެއްގެގޮތަށެވެ. މި ލަނޑު ޖަހާފައިވަނީ ގޯލުގެ މެދާ ދިމާއިން ގާތްގަނޑަކަށް 12 ޔާޑު ދުރުންނެވެ. ސާބިއާއާ ދެކޮޅަށް ޖެހި މި ލަނޑާއެކު ރިޗާލިސަން ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ ތިންވަނަ ލަނޑު ޖެހީ ސައުތު ކޮރެއާގެ މައްޗަށް 1-4ން ކުރި ހޯދި މެޗުގައެވެ.

މިއަހަރުގެ ވޯލްޑް ކަޕް މުބާރާތާ ބްރެޒިލް އަލްވަދާއުކިޔާފައިވަނީ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ އަތުން ޕެނެލްޓީން ބަލިވެގެންނެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ، ސާބިއާ މުބާރާތުން ވަކިވެފައިވަނީ ގްރޫޕު ޖީގެ ފުލުންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު