Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޠާލިބާނުން

ޠާލިބާނުން "ޖަވާބުދާރީ ކުރުވަން" އެމެރިކާ އަނެއްކާވެސް އަތުކުރި އޮޅާލައިފި

ޠާލިބާނުންގެ ނިންމުމަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ޖަމާޢަތް އިތުރަށް އެކަހެރިވެގެންދާނެ ނިންމުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޑިސެމްބަރު 2022 | ބުދަ 11:45
ޠާލިބާނުން "ޖަވާބުދާރީ ކުރުވަން" އެމެރިކާ ވަނީ އަނެއްކާވެސް އަތުކުރި އޮޅާލާފައި

ޠާލިބާނުން "ޖަވާބުދާރީ ކުރުވަން" އެމެރިކާ ވަނީ އަނެއްކާވެސް އަތުކުރި އޮޅާލާފައި

އަންހެން ދަރިވަރުންނަށް އަފްޣާނިސްތާނުގެ ޔުނިވަރިސިޓީތައް ވަގުތީގޮތުން ބަންދުކުރި މައްސަލާގައި، އަފްޣާނިސްތާނުގައި މިހާރު ވެރިކަން ހިންގަމުންދާ ޠާލިބާން ޖަމާޢަތް ޖަވާބުދާރީކުރުމަށްޓަކައި، ކުރެވެން ހުރި ކަންތައްތައް ބަލަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.

ވަކި އެއްޗެއް އަންގަންދެން، އަންހެން ދަރިވަރުންނަށް އަފްޣާނިސްތާނުގެ ޔުނިވަރސިޓީތައް ބަންދުވާނެކަމަށް ބަޔާންކޮށް، އަފްޣާނިސްތާނުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ޢާންމުކުރީ ޑިސެމްބަރު 20 ވީ އަންގާރަ ދުވަހުއެވެ. އެކަމާ ގުޅިގެން، ބައިނަލްއަޤުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ، އަފްޣާނިސްތާނުގައި އޮތް ޠާލިބާން ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށް، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓް ނުވަތަ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިޒް ވިދާޅުވީ، ބަލައިގަނެވެން ނެތް މި ނިންމުމުގެ ސަބަބުން، އެކަމުގެ ބަދަލާ ޠާލިބާނުން ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި ޠާލިބާނުންގެ އެ ނިންމުމަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ޖަމާޢަތް އިތުރަށް އެކަހެރިވެގެންދާނެ ނިންމުމެއްކަން ޕްރައިޒް ވަނީ ފާހަގަކުރައްވާފައެވެ.

ޕްރައިޒް ވިދާޅުވީ، އަންހެނުންނަށް ޔުނިވަރސިޓީތަކަށް ހާޒިރު ނުވެވޭގޮތަށް ޠާލިބާނުން ނިންމާފައިވާ ނިންމުމަކީ ދިފާޢަށް ޙުއްޖަތެއް ދެއްކެން ނެތް ނިންމުމެއް ކަމަށާއި، އެންމެ ހަރުކަށި ޢިބާރާތުން، އެމެރިކާއިން އެ ނިންމުން ކުށްވެރިކުރާކަމަށެވެ.

އަފްޣާނިސްތާނުގެ ތަރުޖަމާނަކުވެސް ކަށަވަރުކޮށްދީފައި ވާފަދައިން، އަފްޣާނިސްތާނުގެ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވަރސިޓީތަކަށް، މިހިނދުން ފެށިގެން އަންހެން ދަރިވަރުންނަށް ނުވަދެވޭގޮތަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބަޔާން ނެރެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ ނިންމުން ތަންފީޒު ކުރުމަށްޓަކައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި އދ.ން ވެސް ވަނީ ޠާލިބާނުންގެ ނިންމުން ކުށްވެރިކޮށްފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރި ވަރުގަދަ ހަނގުރާމައަށް ކުއްލި ނިމުމެއް ގެނެސް، އޯގަސްޓް 2021ގައި އެ ޤައުމުން ފައިބައިގެން ދިއުމާއެކު، އަފްޣާނިސްތާނުގައި އޭރު އޮތް ސަރުކާރު ވައްޓާލުމަށްފަހު ޠާލިބާނުން ވެރިކަމާ ހަވާލުވީ، އަފްޣާނިސްތާނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެކަމަށް ބުނަމުންނެވެ. މީގެ ކުރިން އަފްޣާނިސްތާނުގައި ޠާލިބާނުން ހިންގި ހަރުކަށި ވެރިކަމުގެ އުސޫލުތަކާ ޚިލާފަށް، ޒަމާނީ ވެރިކަމެއް ހިންގާނެ ކަމުގެ ވަޢުދުވަމުންނެވެ. ވެރިކަމަށް އެރިތާ ކުރީކޮޅު، އުއްމީދީ ބަދަލުތަކެއް ހިސާބަކަށް ފެނުނުކަމުގައި ވީނަމަވެސް، ދެން ފެންނަންފެށީ ތަފާތު މަންޒަރެކެވެ. ވަކިން ޚާއްޞަކޮށް، އަންހެނުންގެ މިނިވަންކަމާ ގުޅިގެން ޠާލިބާނުން ތަންފީޒުކުރަންފެށީ ހަރުކަށި ފިޔަވަޅުތަކެކެވެ.

ތާލިބާންއަފްޣާނިސްތާންއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު