Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ގަރަތާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ

27 ޖޫން 2017 | އަންގާރަ 08:46

ބައްދަލުކުރައްވާނީ އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ޖޫން 2017 | އަންގާރަ 08:46
ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ

ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެގައުމުގެ ޚާރިޖީ ވުޒާރާގެ ވެރިން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ދާދިފަހުން ޓިލާސަން ވިދާޅުވެފައި ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އަރަބި ގައުމުތަކުން އެ ގައުމަށް ކޮށްފައިވާ ޑިމާންޑްތަަކަކީ އެއަށް އަމަލުކުރަން ދަތި ޑިމާންޑްތަކެއް ކަމަށެވެ.

ދާދިފަހުން ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ ވިދާޅުވެފައި ވަނީ ސީރިޔާގެ ހަނގުރަމާވެރި ގްރޫޕް ޖަބްހަތް ފަތަހް އަލް-ޝާމް ހިމެނޭ ގޮތުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް ގަތަރުން މިހާތަނަށް ވާގިވެރިވެފައިނުވާ ކަމަށެވެ. ފްރާންސް 24 އަރަބިކް ޓީވީ އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ ވިދާޅުވީ ގަތަރަކީ އަބަދުވެސް "ބައިނަލްއަގްވާމީ ގާނޫނުތަކަށް" ބޯލަނބާ ގައުމެއް ކަމަށާއި އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގުޅިފައިވާ ކޯލިޝަންގައި މުހިންމު ރޯލެއް އަދާކުރި ފަރާތެއް ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.

ސައުދީ އަރަބިއާ އިސްވެއޮވެ، ގަތަރު އެކަހެރިކޮށް، ގަތަރަށް އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައްސަލަ ހައްލުކުރުމަށް ކުވެއިތު މެދުވެރިކޮށް، ގަތަރަށް ހުށަހަޅާފައިވަނީ ހަމަނުޖެހޭ 13 ޝަރުތު ކަމަށް ގަތަރުންވަނީ ބުނެފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހުގެރޭ ފަތިހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަތަރު ހިސާރުކޮށްގެން އުޅޭ ގައުމުތަކާއި މިސްރުގެ ފަރާތުން ޖޫން 22 ވަނަ ދުވަހު ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހުށަހެޅުންތަކަށް އެކަށޭނަ ރައްދެއް ދިނުމަށް، ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް