Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ޤައުމީ ޓީމު

ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު އެނބުރި ޤައުމަށް

އާންމުން ތިބީ "ޓީމުގެ ދެކެ ޕެރިސް ވަރަށް ލޯބިވޭ" އަދި "ސާބަސް" ޖަހާފައިވާ ބެނާ ހިފައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 02:41
ފްރާންސްގެ ކުޅުންތެރިން ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ތެރެއިން

ފްރާންސްގެ ކުޅުންތެރިން ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ލިބުނު ހިތްދަތި ނަތީޖާ އަށް ފަހު ފްރާންސް ޤަައުމީ ޓީމު އެނބުރި ޤައުމަށް ގޮސްފިއެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސް، މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ބަލިވީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ. ފައިނަލަށް ފަހު ފްރާންސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ފްރާންސްގެ ވެރި ރަށް ޕެރިސްގައި ހުންނަ ޗާލްސް ޑީ ގައުލް އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުންތެރިންނަށް މަރުޙަބާ ކިޔުމަށް އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. ކުޅުންތެރިން ދަތުރު ކުރި ބޯޓުން ފޭބުމާއެކު، އެ ޤައުމުގެ ބައެއް އިސް ފަރާތްތަކުގެ އިތުރުން އާންމު އެއާޕޯޓު މުވައްޒަފުން ވެސް ވަނީ ޓީމަށް މަރުހަބާ ކިޔައި، ހިތްވަރު ދީފައެވެ. އެ ސަރަހައްދަށް އެއްވި އާންމުން ތިބީ "ޓީމުގެ ދެކެ ޕެރިސް ވަރަށް ލޯބިވޭ" އަދި "ސާބަސް" ޖަހާފައިވާ ބެނާ ހިފައިގެންނެވެ.

އެތަނުން ވާހަކަ ދެއްކި އާންމު ރައްޔިތަކު ބުނީ ފައިނަލުން ބަލިވުމަކީ ވެސް ކޮންމެ ސަޕޯޓަރަކަށް ވެސް ލިބޭނެ ދެރައެއް ކަމަށެވެ. އެއަށްވުރެ ކުޅުންތެރިންނަށް ލިބޭނެ ދެރަ ބޮޑުކަން ފާހަގަކުރަމުން އޭނާ ބުނީ، މިވަގުތުގައި ޓީމަށް ހިތްވަރު ދިނުމަށް ތިބީ ވެސް ސަޕޯޓަރުން ކަމަށެވެ. އެހެންކަމުން ޓީމަށް ހިތްވަރު ދޭން ބޭނުންވާ ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ހިތްވަރަށް އެކަން ހައްޤު ކަމަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އިތުރުން ޓީމުގެ ކުޅުންތެރިން ފްރާންސްގެ ސަޕޯޓަރުންނާ ބައްދަލު ކުރިއެވެ. އެއީ މުބާރާތުގައި ސަޕޯޓަރުން ދިން ހިތްވަރާއި، ސަޕޯޓަށް ޝުކުރު އަދާކުރުމަށެވެ. ފްރާންސް ޓީމަށް ސަޕޯޓު ދެއްވުމަށް އެ ޤައުމުގެ ރައީސް އިމޭނުއެލް މެކްރޯންގެ ދެ ކަނބަލުން ވަނީ ފައިނަލް މެޗަށް ވަޑައިގެންފައެވެ. ފައިނަލްގައި ފްރާންސް އިން ނަތީޖާ ހަމަހަމަ ކުރި ދެ ވަގުތު ވެސް މެކްރޯން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރައްވައިފައެވެ. މީގެ އިތުރުން ފައިނަލުން ބަލިވުމުން، ދަނޑަށް ވަޑައިގެން ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގެ އިތުރުން، ޗޭންޖިން ރޫމުގައި ވެސް މެކްރޯން ވަނީ ކުޅުންތެރިންނާ ވާހަކަދައްކަވާފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ފްރާންސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު