Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައޫދީގައި ގަވާއިދާ ޚިލާފަށް އުޅުން

ސައޫދީ އަރަބިއްޔާގެ "ބޯޑަރު ގަވާއިދު"ތަކާ ޚިލާފްވެގެން ހަފުތާއެއްގެ ތެރޭގައި 14,800 މީހުން ހައްޔަރުކޮށްފި

މިވަގުތުވެސް 45،197 މީހުންނަށް ފިޔަވަޅު އެޅެމުން ދާކަމަށް ރަސްމީ އިދާރާތަކުން މައުލޫމާތުދޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 18:27
ސައޫދީ ބޯޑަރ ކޮންޓްރޯލް

ސައޫދީ ބޯޑަރ ކޮންޓްރޯލް

ސައޫދީ އަރަބިއްޔާގެ ރެޒިޑެންސީ އަދި ބޯޑަރ ސެކިއުރިޓީ ގަވާއިދުތަކާއި ލޭބަރ ގާނޫނާ ޚިލާފަށް އެގައުމުގައި އުޅެމުން އައި 14،821 މީހުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް، އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ. އެފަރާތުން ބުނެފައިވާގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ސަލާމަތީ ބާރުތަކުގެ އެތައް ޔުނިޓް ތަކެއް ގުޅިގެން، ޑިސެމްބަރު 8ން 14ށް އެކި ހިސާބުގައި ހިންގުނު އޮޕަރޭޝަނެއްގައެވެ. މީގެތެރޭގައި ހިމެނެނީ ރެސިޑެންސީ ގާނޫނާ ޚިލާފްވެފައިވާ 8،817 މީހުންނާއި ލޭބަރ ސެކިއުރިޓީ ގަވާއިދުތަކާ ޚިލާފްވެފައިވާ 3،879 މީހުންނާއި ލޭބަރ ގާނޫނާ ޚިލާފްވެފައިވާ 2،125 މީހުންނެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފަށް ސައޫދީއަށް އަލަށް އެތެރެވާން އުޅުނު 676 މީހުންނާއި އަދި ގަވާއިދާ ޚިލާފަށް ސައޫދީން ބޭރުވާން އުޅުނު 98 މީހުންވެސް ހައްޔަރުކޮށްފައި ވެއެވެ.

އަދި ރެސިޑެންސީ ގަވާއިދާ ޚިލާފަށް އުޅުނު މީހުންނަށް ހިޔާވަހިކަން ދީފައިވާ 24 މީހުންވެސް މިއޮޕަރޭޝަންގެ ތެރެއިން ވަނީ ބަންދުކޮށްފައިކަމަށް ޚަބަރު ލިބެއެވެ.

މީގެ ކުރިން ހައްޔަރުކުރެވިފައިވާ މީހުންނާއެކީ ގަވާއިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވިގެން މިވަގުތުވެސް 45،197 މީހުންނާމެދު ފިޔަވަޅު އެޅެމުން ދާކަމަށް ރަސްމީ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ. މީގެ ތެރެއިން 43،099އަކީ ފިރިހެނުންނަށް ވާއިރު، 2098އަކީ އަންހެނުންނެވެ.

މީގެތެރެއިން 34،755 މީހުންގެ މައްސަލަ، ޓްރެވެލް ޑޮކިއުމަންޓް ހޯދުމަށްޓަކައި އެމީހުންގެ ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ހުށައެޅިފައިވާއިރު، 11،305 މީހުން ޑިޕޯޓް ކުރެވިފައިވާކަމަށް ވެއެވެ. އަދި 2،355 މީހުންގެ މައްސަލަ ޓްރެވަލް ރިޒަވޭޝަން ހެދުމަށް ހުށަހަޅާފައިވާކަމަށް ވެއެވެ.

ސައުދީ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވާގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ މީހަކަށް ހިޔާވަހިކަން ދީ އަދި އެއްވެސް ޚިދުމަތެއްދީ ހެދިކަން ސާބިތުވާ މީހުންނަށްވެސް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން އެއް މިލިއަން ރިޔާލުން ޖޫރިމަނާކުރުމާއެކު އެފަދަ މީހަކު އުފުލި އުޅަނދު ނުވަތަ ހިޔާވަހިކަން ދިން ގެއެއް ސަރުކާރަށް ނެގޭނެއެވެ.

މައުލޫމާތު : ސައޫދީ ގެޒެޓް

ސައޫދީ އަރަބިއްޔާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު