Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ލިވިން އެކްސްޕޯ

10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް

މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތް ދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްދޭ އެކްސްޕޯއެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޑިސެމްބަރު 2022 | އާދީއްތަ 12:10
މޯލްޑިވްސް ލިވިން އެކްސްޕޯ

މޯލްޑިވްސް ލިވިން އެކްސްޕޯ

ހައިރައިޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ތަފާތު ފެނުނު ކާމިޔާބު އެކްސްޕޯ އެއް ކަމަށް އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް އިން ބުނެފިއެވެ.

ލިވިންގ އެކްސްޕޯގައި "ރާއްޖެ އެމްވީ"އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ހައިރައިޒްގެ ފައުންޑަރ އިސްމާއީލް ހަމީދު ވިދާޅުވީ، މިފަހަރުގެ އެކްސްޕޯގައި ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ ކަމަށާއި އެއީ ވަރަށް ރަނގަޅު ބަދަލެއް ކަަމަށެވެ. "މޯލްޑިވްސް ލިވިންގ އެކްސްޕޯ"އަށް ލިބުނު ތަރުޚީބު ރަނގަޅުކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި އެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ހިއްސާކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އަވަށްޓެރިން ދިރިއުޅޭ ތަންތަނުގައި ހުރި ރަނގަޅު އެޕާޓްމެންޓް ޕްލޭން ތަކުގެ މައުލޫމާތު އެކްސްޕޯ އިން މި އަހަރު ފޯރުކޮށްދިން ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގެދޮރަށް ބޭނުންވާ ޒަމާނީ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތު އެކްސްޕޯގެ ތެރެއިން ލިބޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިހާރަށްވުރެ އެކްސްޕޯ ފުރިހަމަވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. މިގޮތުން ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކުގައި ހުރި ފުރުސަތުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސްޕޯ ފައްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒް އިސްމާއީލެވެ. ދަރުބާރުގޭގައި ކުރިޔަށްދާ ލިވިންގ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ލަންކާއާއި އިންޑިއާގެ ކުންފުނިތައްވެސް ހިމެނޭއިރު، އަހަރަކަށްވުރެ އަހަރެއް މި އެކްސްޕޯ ފުޅާވެ ފުރިހަމަވެގެންދިއުމަކީ ވަރަށް އުފާކުރާކަމެއް ކަމަށް ހައިރައިޒުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްދޭ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް އާންމުކޮށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހައިރައިޒް ޕްރައިވެޓް ލިމިޓަޑްލިވިންގ އެކްސްޕޯ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް

16 ސެޕްޓެމްބަރު 2023
ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް
26 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު

26 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު
24 ފެބުރުއަރީ 2023

އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!

24 ފެބުރުއަރީ 2023
އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!
23 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި

23 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި
17 ޑިސެމްބަރު 2022

5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި

17 ޑިސެމްބަރު 2022
5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު