Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޟްވާނުގެ މަރުގެ މައްސަލަ

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

ކުށްކުރާ ޒުވާނުންނާއި، ގޭންގުތަކަށް ނިސްބަތްވާ ޒުވާނުން ރިހިބިލިޓޭޓް ކުރުމަކާއި ނުލައި ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތް ހަމަޖެއްސި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2022 | ހުކުރު 08:17
ރައީސް ޔާމީނާއި އެއިރު ބަންދުގައި ތިބި މީހުންނާއެކު ހަފްލާއެއްގެ ތެރެއިން

ރައީސް ޔާމީނާއި އެއިރު ބަންދުގައި ތިބި މީހުންނާއެކު ހަފްލާއެއްގެ ތެރެއިން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލައިގައި، ކުރީ ސަރުކާރުގައި ޝަރީއަތް ނިމެންދެން ބަންކުރި މީހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ރަސްމީ އިވެންޓްތަކުގައި ބައިވެރިވިކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަރު ކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ ވަނީ ކުރި ސަރުކާރުގައި ސިޔާސީ ފަރާތްތަކާއި ގޭންގުތަކާއި އޮންނަ ގުޅުމާއި، ސަރުކާރުގެ ތެރެއިން ގޭންގުތަކަށް ފައިސާ ދިީފައިވާ ގޮތް ތަފްސީލުކޮށްދެއްވާފައެވެ. ފަރީޝާ ވިދާޅުވީ ކުރީ ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުން ރާއްޖޭގައި ގޭންގުތައް ނެތްކަމަށާއި، ޒުވާނުންނަށް ނިސްބަތްކޮށް އެއީ ގޭންގުތަައްކަމަށް ނިސްބަތްވާ ގޮތަށް ނުބުނެވޭނެކަމަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތަށް ވާހަކަދެއްކުމާއި ގުޅިގެން ގޭންގުތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާ ފަހިކޮށްދިނުމުގެ ނަމުގައި 2014 ވަނަ އަހަރު ފެށިގެން ވަޒީފާގެ ބޭނުމުގައި ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތްތަކެއް ފަށާ، ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރެކޯޑް ފޮހެދީފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މިގޮތަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި ކުށްކުރާ ޒުވާނުންނާއި، ގޭންގުތަކަށް ނިސްބަތްވާ ޒުވާނުން ރިހިބިލިޓޭޓް ކުރުމަކާއި ނުލައި ވަޒީފާގެ ފުރުސަތު ސަރުކާރުގެ ތެރެއިންނާއި، އަދި ސަރުކާރުގެ މުއައްސަސާތަކުން އަދި ކުންފުނިތައް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެއްސި ކަމަށެވެ.

ފަރީޝާ ވިދާޅުވީ ފައިސާ ދިނުމުގައި އަމަލުކުރީ ކްލަބް ޖަމިއްޔާތަކާއި ޒުވާނުންގެ ގްރޫޕުތަކަށް ހުޅުވާލި ފުރުސަތުގައި ގޭންގުތަކަށް ނިސްބަވްތާ ގްރޫޕުތައް ކްލަބް ޖަމިއްޔާގެ ގޮތުގައި ރަޖިސްޓްރީކުރުމަށް މަގުފަހިކޮށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސަރޝިޕްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، މިއީ ކްރިމިނަލް ގޭންގުތައް އެކިގޮތްގޮތަށް އޮޕަރޭޓްކުރަމުންދާއިރު، މި ގްރޫޕުތައް ސްޕޯޓްސް ކްލަބުގެ ގޮތުގައި ރަޖިސްޓްރީކޮށް ކޮންމެވެސް ކުޅިވަރުގެ އިވެންޓެއް ބާއްވާފައި އެއަށް އެމީހުންނަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން އަދި ކުންފުނިތަކުން ސްޕޮންސަރޝިޕު ދީ އެމީހުންނަށް އެކިގޮތްގޮތުން މާލީ ތަނަވަސްކަން ލިބޭނެގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

އަދި ސަރުކާރުގެ އިސްވެރިން އެކިގޮތްގޮތުން ފޯރުކޮށްދިން އެހީތަކުގެ ބަދަލުގައި ކުށްކުރާ ގޭންގުތަކުން ސިޔާސީ ފަރާތްތަކަށް ސަޕޯޓްކޮށްގެން ސިޔާސީ ކެމްޕޭންތަކަށް ހަރަކާތްތައް ހިންގުމަށާއި، ޖަލްސާތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެމީހުން ސަޕޯޓްކުރާ ބަޔަކު ނޫން އެހެން ބަޔަކު ނުވަތަ އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ހުރަސްއަޅާ ރޫޅާލުމުގައި އެހީތެރިކަން ދީފައިވާ ކަމަށާއި، އެކިއެކި އެއްޗެއްސަށް ގެއްލުންދީފައިވާ ކަމަށެވެ.

ފަރީޝާ ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ރިޟްވާނަށް ފާރަލިކަމަށް ތުހުމަތުކުރެވޭ ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުވައިދު ވެސް ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކޮށްފައި ހުންނަ އިރު އޭނަ މަގުމައްޗަށް ނުކުމެ، އާންމުތަނަކަށް ނުކުމެ، އަދި އެއަށްވުރެވެސް ރަސްމީކަމެއްގައި، ރައީސް ބައިވެރިވާ އިވެންޓެއްގައި ރައީސްގެ އަރިހުގައި ހުރި ކަމަށާއި، މިކަމުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

މި އޮންނަ ގުޅުމުގެ ތެރެއިން މި މީސްމީހުން ސަލާމަތްވާ ކަމަށާއި، އަޒްލީފް ރައުފް މުޅިން ސަލާމަތްވެ، އޭނާގެ ބަންދުގެ އަމުރު ބާތިލުވުމުން އޭނާ ވަނީ 2014 ވަނަ އަހަރު ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން މަގުފަހިވެގެން ފުރައިގެން ގޮސްފައި ކަމަށް ފަރީޝާ ވިދާޅުވިއެވެ. އަދި އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެއް ކަމަށާއި، އެހެންކަމުން މިކަމުން އެނގެނޭ ސިޔާސީ ފަރާތްތަކާއި އެ އޮންނަ ގުޅުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކިތައްމެ ކަމެއް ހިނގާފައި އެބަހުރި ކަމަށެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް އަދި އޭގެ ފަހުން ވެސް ގޭންގުތައް ސިޔާސީ ޙަރަކާތްތަކުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރައްވައި ފަރީޝާ ވިދާޅުވީ، އޭގެ ނަތީޖާއެއްގެ ގޮތުން ގޭންގުތަކާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދުގައި އޮތް ކޯޅުން ބޮޑުވެގެން ދިޔަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބިރުދެއްކުމާއި އެފަދަ އިތުރު ކަންކަމުގައި އޭރު އެންމެ އިސްކޮށް އުޅުނު ބަޔަކީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އަހުމަދު މުއާޒް (ގަޓު މުއާ)ކަން ފަރީޝާ ފާހަގަކުރެއްވިއެވެ.

އޭރު އަހުމަދު މުއާޒް (ގަޓު މުއާ) އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، މ ފުސްތުޅާގޭ މުޙައްމަދު ހާނިމް (ހޯމް މިނިސްޓްރީ) އާއެކު ބޭއްވި ބައްދަލުވުންތަކެއްގެ ފޮޓޯތަކެއް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައްކާފައެވެ. އޭނާގެ ފަރާތުން ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ކަންކަން އިތުރުވެގެން ދިޔައީ ވެސް އެ ބައްދަލުވުމަށްފަހުގައި ކަމަށް ފަރީޝާ ފާހަގަކުރެއްވިއެވެ.

ފަރީޝާ ވިދާޅުވީ، އޭނާއަކީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާ ވެސް ގާތް ގުޅުމެއް އޮތް މީހެއް ކަމަށެވެ.

ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރާ ކޮމިޝަންމަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު