Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ލުސައިލް ސްޓޭޑިއަމްގައި ހަރަކާތްތެރިވި ސެކިޔުރިޓީ އޮފިޝަލަކު މަރުވެއްޖެ

އޭނާ މަރުވެފައިވަނީ ހަމަދު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:23
މަރުވި ސެކިޔުރިޓީ އޮފިސަރު

މަރުވި ސެކިޔުރިޓީ އޮފިސަރު

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ސެކިޔުރިޓީ ކަންކަން ބެލެހެއްޓުމަށް ލުސައިލް ސްޓޭޑިއަމްގައި ހަރާކާތްތެރިވި އޮޮފިސަރަކު މަރުވެއްޖެއެވެ.

ޤަތަރުގައި މުބާރާތުގެ އިންތިޒާމުގެ ކަންކަން ބަލަހައްޓަމުން އަންނަ ސްޕްރީމް ކޮމެޓީ ފޯ ޑެލިވަރީ އެންޑް ލެގަސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖޯން ނިޖާއު ކިބުއޭ ނަމަކަށް ކިޔާ އޮފިސަރަކު މަރުވެފައިވާ ކަމަށެވެ. އަަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށެވެ. ނިޖާއު އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީ ޑިސެމްބަރު 10 ވަނަ ދުވަހު ލުސައިލް ސްޓޭޑިއަމްގައި ހަރަކާތްތެރި ވަމުން އަންނަނިކޮށް، ވެއްޓިގެން ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެެ.

ސުޕްރީމް ކޮމެޓީގެ ބަޔާނުގައި ބުނީ، އޭނާ ވެއްޓުމާއެކު ވަގުތުން އެތަނަށް ޞިއްޙީ އޮފިޝަލުން ހާޒިރުވެ އޭނާ އަށް އަވަސް ފަރުވާ ދީފައިވާ ކަމަށެވެ. އެއަށްފަހު އިމަޖެންސީގައި އޭނާ ހަމަދު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ފަރުވާ ދެމުން އައީ ކެއާ ޔުނިޓެއްގައި ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ ނިޖާއު މަރުވި ޚަބަރު އޭނާގެ އާއިލާ އަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. ހަމައެއާކު މި ހިތާމަވެރި ވަގުތުގައި އޭނާގެ އާއިލާ އާއި ގާތް ރަޙުމަތްތެރިންނަށް ސުޕްރީމް ކޮމެޓީން ވަނީ ތައުޒިޔާ ވެސް ފޮނުވާފައެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެެހޭ ކަންކަން މިހާރު ވެސް އަންނަނީ ބަލަމުން ކަމަަށާއި، އިތުރު މައުލޫމާތު ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުން ގެންދާނެ ކަަމަށް ވެސް ސުޕްރީމް ކޮމެޓީން ބުނެފައިވެއެވެ.

މިއަހަރުގެ މުބާރާތަށް ތައްްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ފިލިޕީންސްގެ ރައްޔިތަކު ވެސް ވަނީ މަރުވެފައެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޮމެޓީން ބުނީ މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ހޯދަައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ކުޅިވަރު ނޫސްވެރިޔެއް ކަމަށްވާ ގްރާންޓް ވޯލްގެ އިތުރުން ޚާލިދް އަލް މިސްލަމް އަދި ރޮގާ ޕިއާސް ނަމަކަށް ކިޔާ ނޫސްވެރިޔެއް ވެސް ވަނީ މުބާރާތުގެ ތެރެއިން މަރުވެފައެެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
10 ޑިސެމްބަރު 2023

ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން

10 ޑިސެމްބަރު 2023
ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން
02 ނޮވެމްބަރު 2023

ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ

02 ނޮވެމްބަރު 2023
ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ
01 ނޮވެމްބަރު 2023

ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި

01 ނޮވެމްބަރު 2023
ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު