Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން ހަނގުރާމައާއި އިޒްރޭލުގެ ފިއްތުންތަކަށް ނުސިހުނު ފަލަސްޠީނުގެ ދަނޑުވެރިޔާ

1 ޓަނުގެ ހުއިއިން ދޮޅުމަހެއް ނޫނީ 2 މަހެއްހާ ދުވަހު ހިފަހައްޓާލެވޭ 10 ދުވަހުގެ ބަދަލުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ޑިސެމްބަރު 2022 | އަންގާރަ 16:31
ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހުއިގެ އަގު އިންތިހާއަށް އަށް ވަނީ އުފުލިފައި

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހުއިގެ އަގު އިންތިހާއަށް އަށް ވަނީ އުފުލިފައި

ފަލަސްޠީނަށް ނިސްބަތްވާ، ޢުމުރުން 55 އަހަރުގެ ދަނޑުވެރިޔާ، ޖިހާދު ނަވާޖާ، އޭނާ ބަލަހައްޓަމުން ގެންދާ ނާމްސޫފިތައް ގޮވައިގެން ހުއިހައްޕަން ދިއުމުގެ ބަދަލުގައި، އެ ޖަނަވާރުތައް ތިބި ތަނަށް ފެހި ވިނަ ގެނެސްދެނީއެވެ. ހުޅަނގު އައްސޭރީގައި އިޒްރޭލުން ވެރިވެގެންފައިވާ މަސާފިރު ޔައްތާގެ ސޫސިޔާއޭ ކިއުނު އަވަށުގައި، ނާމްސޫފި ޖަނަވާރުތައް ގޮވައިގެން ހުއިހައްޕަން ދަތުރުތައް ކުރުމުގެ ބަދަލުގައި، އެ ގޮތް ފަސޭހަ ވީމައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހުއިގެ އަގު އިންތިހާއަށް އުފުލިފައި ވާ އިރު، ނަވާޖާ ފަދައިން ފަލަސްޠީނުގައި ނާމްސޫފި ގެންގުޅޭ އެހެން ދަނޑުވެރިންނަށްވެސް މިއަދު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ހުރިހާ ކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިޒްރޭލުގެ ފިއްތުންތަކަށް ކުޑަ ނަމަވެސް ލުޔެއް ލިބިފައި ނުވާ ހާލުގައި ވަނިކޮށެވެ. މީގެ ކުރިން މިނިވަން ކަމާއެކު ހުއިހައްޕަން ގޮސް އުޅުނު ބިންތަކަށްވެސް މިއަދު އަތްގަދަ ކުރަނީ ޔަހޫދީ އިޒްރޭލުންނެވެ.

އެއް ގޮތަށް ވުރެ ގިނަ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް ނަވާޖާ ޢުއްމީދު ކަނޑައެއް ނުލައެވެ. އޭނާ ބަލަހައްޓަމުންދާ ނާމްސޫފިތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ފަތްޕިލާވެލީގެ ބާވަތްތައް އަމިއްލައަށް ހައްދަން ފެށީއެވެ. އަދި ހުޔާ އެއްކޮށްގެން ނާމްސޫފިތަކަށް ކާންދޭން ފެށިއެވެ. އެކަން އެހެން ކުރަނީ ފޮޑަރު ނުވަތަށް ހުޔަށް ހިނގާ ޚަރަދުތައް ކުޑަ ކުރުމަށާއި، ނާމްސޫފިތަކަށްވެސް ފައިދާ ހުރި އެއްޗެއް ކާން ދިނުމުގެ މަޤްޞަދުގައެވެ.

ނަވާޖާގެ މަސައްކަތުގެ ފައިދާ ކިތަންމެހާވެސް ބޮޑެވެ.

ނަވާޖާގެ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ބައިނަލްއަޤުވާމީ ރެޑްކްރޮސް ޖަމިއްޔާ (އައިސީއާރްސީ)އިންނެވެ. އައިސީއާރްސީއިން ހިންގާ މަޝްރޫއުގެ ތެރެއިން 160 ޢާއިލާއަކަށް އެހީތެރިކަން ލިބެމުން ދެއެވެ. މި މަޝްރޫއަކީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން، އާމްދަނީއަށް ސީދާ އަސަރު ފޯރާފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންފަލަސްތީންއިޒްރޭލްދަނޑުވެރިންދުނިޔެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު