Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި ފައިނަލް ކުޅޭނީ "އަލް ހިލްމް" ބޯޅައިން

މި ބޯޅައިގެ ނަމުގެ މާނަ އަކީ ދެކޭ ހުވަފެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2022 | ހޯމަ 02:22
ފީފާ އިން ދައްކާލި އަލް ހިލްމް ބޯޅަ

ފީފާ އިން ދައްކާލި އަލް ހިލްމް ބޯޅަ

ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި، ފައިނަލް މެޗު ކުޅޭ ބޯޅަ ރަސްމީކޮށް ދައްކާލައިފިއެވެ.

ފީފާ އިން އާދިއްތަ ދުވަހު ދައްކާލި ބޯޅައިގެ ނަމަކީ "އަލް ހިލްމް"އެވެ. މި ބޯޅައިގެ ނަމުގެ މާނަ އަކީ ދެކޭ ހުވަފެނެވެ. ފީފާ އިން ބޯޅަ ދައްކާލަމުން ބުނެފައިވަނީ ހުވަފެނާ ވަރަށް ގާތަށް ދެވޭ ކަމަށެވެ. މި ބޯޅައިގައި ވެސް ވަނީ ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. މީގެ އިތުރުން މި ބޯޅަ ވެސް ތައްޔާރުކޮށްފައިވަނީ ކުރީގެ ބޯޅަ ވެސް ތައްޔާރުކުރުމަށް ބޭނުންކުރި އާލާތްތައް ހިމަނައިގެންނެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު 60 މެޗުގައި ބޭނުންކޮށްފައި ވަނީ އަލް ރިހްލާ ނަމަކަށް ކިޔާ ބޯޅައެކެވެ. އަރަބި ބަހުން ރިހްލާއަކީ ދަތުރެކެވެ.  މި ބޯޅަ ފަރުމާކޮށްފައިވަނީ މީގެ ކުރީ ވޯލްޑްކަޕުތަކަށް ވެސް ބޯޅަ ތައްޔާރުކޮށްދިން ފީފާގެ ޕާޓްނަރު، އެޑިޑާސް ކުންފުނިންނެވެ. މިފަހަރުގެ މުބާރާތަށް އެޑިޑާހުން އަލް ރިހްލާ ތައްޔާރުކޮށްފައި ބޯޅައިގެ ކޮންމެ ފަރާތަކުން ވެސް ގަތަރުވަންތަކަން ދައްކުވައިދޭ ގޮތަށެވެ.

އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ބޭނުންކުރި ބޯޅަ އަށް ވެސް ކީޕަރުންގެ ފާޑުކިއުންތައް އިތުރުވުމުގެ ސަބަބުން، މިފަހަރު މިކަން ރަނގަޅު ކުރުމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ބޯޅައިގެ ހުދުކަން ގަދަކުރުމެވެ. އަލް ރިހްލާގެ މައިގަނޑު ކުލައަކީ ހުދުކުލައެވެ. ރަތް ކުލައިން ދައްކުވައިދެނީ ގަތަރުގެ ދިދައެވެ. ރީނދޫ ކުލައިން ދައްކުވައިދެނީ ސަހަރާގައި ތިބޭއިރު ފެންނަ އިރުގެ ރީނދޫކުލައެވެ. ނޫކުލައިން ދައްކުވައިދެނީ ކަނޑުގެ ނޫކުލައެވެ. ބޯޅައިގައިވާ އެހެނިހެން ކުލަތަކަކީ ރޭގަނޑު ގަތަރުގެ މަލަމަތިންނާއި އުސް އިމާރާތްތަކުން ފެންނަމުންދާ ކުލަތަކެވެ.

ބޯޅަ ތައްޔާރު ކޮށްފައިވަނީ އެކިއުރެސީ އާއި ސްޕީޑް ރަނގަޅު ކުރުމަށް ސްޕީޑްޝެލް ޕެނަލްތަކެއް ހިމަނައިގެންނެވެ. އަދި ބޯޅަ ޓެސްޓުކުރުމަށް އިންޑޯގައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. ބޯޅައިގައި 70 ޕަސެންޓަކީ ޕޮލިއުރެތޭންއެވެ. 20 ޕަސެންޓަކީ ރީސައިކަލް ކޮށްފައިވާ ޕޮލިސްޓަރ އަދި 10 ޕަސެންޓަކީ މަޑުފޮއްޗެވެ. ބޯޅައިގައިވާ ތިނެސްކަން ފިތްތައް ތަތްކޮށްފައިވަނީ ވާރެއަށް ނުގިރޭ ތެރަސް ބޭނުންކޮށްގެންނެވެ. ކިތަންމެ ބޯ ވާރޭގައި ކިތަންމެ ގިނަ ދުވަހު ބޭއްވިޔަސް ބޯޅައިގައި ކުރަހާފައިވޭ ދެލި ފިލައި ނުދާނެހެން ހަދާފައިވެއެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައިން އަލް ރިހްލާ ބޯޅަ ބޭނުން ކުރުން ހުއްޓާލާނެއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
10 ޑިސެމްބަރު 2023

ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން

10 ޑިސެމްބަރު 2023
ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން
02 ނޮވެމްބަރު 2023

ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ

02 ނޮވެމްބަރު 2023
ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ
01 ނޮވެމްބަރު 2023

ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި

01 ނޮވެމްބަރު 2023
ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު