Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް

ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުން އަދިވެސް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ: އެމްއާރުއެމް

11 ޑިސެމްބަރު 2022 | އާދީއްތަ 02:15

މި ސަރުކާރަށް ރައްޔިތުން އިތުބާރުކުރީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅާނެތީ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޑިސެމްބަރު 2022 | އާދީއްތަ 02:15
ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ކުރެވިދާނެ މަސައްކަަތެއްކަން ސާބިތު ކޮށްދޭނަން: ފާރިސް

ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ކުރެވިދާނެ މަސައްކަަތެއްކަން ސާބިތު ކޮށްދޭނަން: ފާރިސް

ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެ މަސައްކަތް ފެށި ނަމަވެސް އެކަން ކުރިއަށްދާތަން ނުފެންނަ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމް އިން މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހު އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެމްއާރުއެމްއިން ވަނީ ބައިންލައަގުވާމީ ގޮތުން އެންޓިކޮރަޕްޝަން ދުވަހެއް ފާހަގަކުރަމުންދާއިރު ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތަކަކީ އިހުލާސްތެރި މަސައްކަތްތަކަކަށް ހަދަން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި އެއީ ރައްޔިތުން އެދޭތީ ނުވަތަ ޤާނޫނެއްގައި އޮވެގެން ކުރާ ކަމަކަށްވުރެ، އިހުލާތެރިކަމާއެކު ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ނޫސްބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

އެމްއާރުއެމް އިން ބުނީ މި ހިނގާ ރިޔާސީ ދައުރަށް ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުންދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށް ފެންނަ ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ހާއްސަކޮށް އޭރު ހިންގި ކޮރަޕްޝަންތައް ހުއްޓުވައި އެ ބޮޑެތި ޖަރީމާތައް ތަހުގީގުކޮށް ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ބައެއް ކަންކަން ފާހަގަކޮށް އެމްއާރުއެމް އިން ބުނީ މި ސަރުކާރަށް ރައްޔިތުން އިތުބާރުކުރީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅައި އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ދެކިގެން ކަމަށެވެ. ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އެ މަސައްކަތް ފެށުން ފިޔަވައި އިތުރު ކަމެއް ކުރިއަށް ދާ މަންޒަރު ނުފެންނަ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންވެ، ރައްޔިތުން އެދޭގޮތަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮރަޕްޝަންގެ އަމަލުތަކަކީ ހަމައެކަނި ފައިސާގެ މުއާމަލާތްތައް ނޫން ކަން ފާހަގަކޮށް އެމްއާރުއެމް އިން ބުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ ވެސް އެފަދަ އަމަލުތައް ކަން ދައުލަތުގެ މުއައްސަސާތަކުން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސަރުކާރުގެ އިސް ފަރާތެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ އެހީ އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާއިން ޚިދުމަތް ކަށްވަރު ކުރަން ދަތިކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ބޯހިޔާވަހިކަމާއި ވަޒީފާއަކީ ވެސް ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއްކަން ވިސްނައިދޭ މީހުން އެބަތިބިކަމަށް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އެމްއާރުއެމް އިން ގޮވާލާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަހަތު ފަޔަށް ބުރަނުވެ މަސައްކަތް ކުރުމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގައި އެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
24 މެއި 2023

އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް

24 މެއި 2023
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
24 މެއި 2023

3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި

24 މެއި 2023
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް