Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ގްރާންޓް ވޯލް މަރުވުމާއި ގުޅިގެން ޤަތަރުގެ ސުޕްރީމް ކޮމެޓީން ހިތާމަ ފާޅުކޮށްފި

މިހާރު ކުރަމުން އަންނަނީ ވޯލްގެ އާއިލާގެ އެދުމުގެ މަތިން އޭނާގެ ހަށިގަނޑު އެމެރިކާ އަށް ގެންދިޔުމުގެ މަސައްކަތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2022 | އާދީއްތަ 02:25
ގްރާންޓް ވޯލް

ގްރާންޓް ވޯލް

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކަވަރުކުރުމުގެ ތެރޭގައި އެމެރިކާގެ ނޫސްވެރިޔެއް ކަމަށްވާ ގްރާންޓް ވޯލް މަރުވުމާއި ގުޅިގެން ޤަތަރުގައި މުބާރާތް ބާއްވާ ކޮމެޓީން ހިތާމަ ފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ފޮނުވައިފިއެވެ.

އުމުރުން 48 އަހަރުގެ ވޯލް މަރުވީ ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރި މެޗަށްފަހު، މެޗުގެ ވާހަކަތައް ދައްކަމުން ދަނިކޮށް ނޭވާލުމަށް ދަތިވެގެންނެވެ. ލުސައިލް ސްޓޭޑިއަމްގައި ހުއްޓައި ވޯލްއަށް ނޭވާލާން އުނދަގޫވުމުން ސިއްހީ އޮފިޝަލުން އޭނާއަށް 30 މިނެޓު ވަންދެން ފަރުވާ ވެސް ދިނެވެ.

އެކަމާ ގުޅިގެން ޤަތަރުގެ ސުޕްރީމް ކޮމެޓީ ފޯ ޑެލިވަރީ އެންޑް ލެގަސީން ނެރުނު ބަޔާނެއްގައި ބުނީ، ވޯލް މަރުވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ބައިވެރިވާ ކަމަށެވެ. އެ ކޮމެޓީން ބުނީ ވޯލް އޭނާގެ އަށް ވަނަ ވޯލްޑް ކަޕް މުބާރާތް ކަވަރުކުރުމަށް ޤަތަރުގައި އުޅުނުއިރު ދައްކަދިނީ އޭނާގެ ހިތުގައި ފުޓުބޯޅަ އަށް އޮތް ލޯބި ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ ވޯލް އަށް ޞިއްޙީ މައްސަލައެއް ދިމާވެގެން ލުސައިލް ސްޓޭޑިއަމްގެ ތެރޭގައި ހުއްޓާ ވެއްޓުނު ކަމަށް ވެސް ބުނެފައެވެ. އެއާއެކު ވޯލް އެމްބިޔުލާންސް އަށް އަރުވައިގެން ގެންދަންދެން އޭނާ އަށް އެ ސްޓޭޑިއަމްގައި ވެސް އަވަސް ފަރުވާ ދިން ކަމަށް ކޮމެޓީގެ ބަޔާނުގައި ބުނެފައިވެއެވެ. އިތުރު ފަރުވާ އަށް ވޯލް ގެންދިޔައީ ހައްމާދު ޖެނެރަލް ހޮސްޕިޓަލަށެވެ.

ސުޕްރީމް ކޮމެޓީން ވަނީ ވޯލްގެ ވަކިވުމާއެކު އޭނާގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނާއި، ވޯލްއާއެކު މަސައްކަތް ކުރި މީޑިއާގެ ފަރާތްތަކަށް ވެސް ތައުޒިޔާ ކިޔައި، ހިތްވަރުދީފައެވެ. އެ ކޮމެޓީން ބުނީ މިހާރު ކުރަމުން އަންނަނީ ވޯލްގެ އާއިލާގެ އެދުމުގެ މަތިން އޭނާގެ ހަށިގަނޑު އެމެރިކާ އަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަނީ އެމެރިކާގެ އެމްބަސީއާ ގުޅިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

ވޯލް އަކީ ސީބީއެސް ސްޕޯޓްސްގެ އެނަލިސްޓެއްގެ އިތުރުން، ސްޕޯޓްސް އިލުސްޓްރޭޑެޓްގެ ސީނިއަރ ލިޔުންތެރިޔެއެކެވެ. މީގެ އިތުރުން އޭނާއަކީ ފޮކްސް ސްޕޯޓްސްގެ ކޮރަސްޕޮންޑެންޓްއެކެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ގްރާންޓް ވޯލް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
10 ޑިސެމްބަރު 2023

ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން

10 ޑިސެމްބަރު 2023
ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން
02 ނޮވެމްބަރު 2023

ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ

02 ނޮވެމްބަރު 2023
ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ
01 ނޮވެމްބަރު 2023

ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި

01 ނޮވެމްބަރު 2023
ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު