Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

މަސްވެރިކަމުގައި ޒުވާނުން މަދުކަމަށް ގިނަ މަސްވެރިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ޑިސެމްބަރު 2022 | ހޮނިހިރު 09:41
މަސްވެރިން

މަސްވެރިން

ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ހިއްސާކުރާ އެއް ބަޔަކީ މަސްވެރިންނެވެ. އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މި މަސައްކަތަކީ އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިން އާމްދަނީ ހޯދުމަށާއި ކައިބޮއި ހެދުމަށް ކޮށްއުޅުނު މަސައްކަތެވެ. ނަމަވެސް މިއަދު މަސްވެރިންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މި މަސްވެރިކަން ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެތޯއެވެ.

މީގެ ދެތިން އަހަރު ކުރިން ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިވެ، އެކަމުގައި ހަރަކާތްތެރިވާ މަންޒަރު ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ފަޚުރުވެރިކަމާއެކު އެކަންކަން ހާމަކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހިއްސާކޮށް އުޅުނު ޒުވާން މަސްވެރިންގެ އަދަދުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެ ޒުވާނުން ކޮބައި ހެއްޔެވެ؟ މިހާރު އެ ދާއިރާއިން ޒުވާނުން ފެނިގެންދަނީ ވަރަށް މަދުންނެވެ.

ރާއްޖޭގައި މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކޮށްއުޅޭ އެއް ސަރަހައްދަކީ ދެކުނެވެ. ދެކުނު އަތޮޅުތަކުގައި މަސްވެރި ދޯނިތައް ބައިވަރެވެ. މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ގއ. ގެމަނަފުއްޓާއި ގދ. ފަރެސްމާތޮޑާ ހިމެނެއެވެ. އެ ދެ ރަށުގައިވެސް މީގެ ކުރިން ގިނަ އަދަދެއްގެ ޒުވާނުން މަސްވެރިކަމުގެ ދާއިރާއިން ފެނިގެންދިޔައެވެ. ނަމަވެސް މިއަދު އެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ރަށްރަށުގެ މަސްވެރިން ބުނެއެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަދެއްކި ގެމަނަފުށީގެ މަސްވެރިޔަކު ބުނީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ރަށުގެ މަސްދޯނިތަކުން އެކަނިވެސް މަސްވެރިކަމަށް ނުކުތް ޒުވާނުންގެ ތެރެއިން 49 މީހުން އެ ދާއިރާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު ގިނައިން މަހަށް ދަނީ އެ މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްވެފައިވާ މީހުން ކަމަށާއި ޒުވާނުން މަހަށް ދާން ޝައުގުވެރިކަންވެސް ފާޅުނުކުރާކަމަށެވެ.

އޭނާ ގަބޫލުކުރާގޮތުގައި މި ބަދަލު އައުމުގައި ގިނަ ކަންކަމެއް ހިއްސާކުރެއެވެ. ފުރަތަމަ ކަމެއްގެގޮތުގައި އޭނާ ގަބޫލުކުރަނީ، ތެލާއި ތަކެތީގެ އަގަށް އައި ބަދަލާއެކު ޚަރަދުތައް އިތުރުވެ، ލިބޭ އާމްދަނީ ދަށްވުމެވެ. މީގެ ކުރިން ހަފުތާއަކަށް، ދޯންޏެއްގެ ޚަރަދަށް 6،000އެއްހާ ރުފިޔާ ހޭދަވާއިރު، މިހާރު އޭގެ ދެގުނަ ހޭދަވާކަމަށް އޭނާ ބުންޏެވެ. މީގެ ސަބަބުން ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ މިނިމަމް ވޭޖާއެކު އެހެން ދާއިރާތަކުގެ މުސާރަ މަސްވެރިކަމުން ލިބޭ އާމްދަނީއަށްވުރެ ރަނގަޅުވުމެވެ. އެގޮތުން، މިނިމަމް ވޭޖާއެކު މުސާރަ ރަނގަޅުވި އެއް ދާއިރާއަކީ ފަތުރުވެރިކަން ކަން ފާހަގަކޮށް އޭނާ ބުނީ، މަސްވެރިކަމުގައި އުޅުނު ގިނަ ޒުވާނުން ބަދަލުވީ ރިސޯޓުތަކަށް ކަމަށެވެ.

ގދ. ފަރެސްމާތޮޑާގެ މަސްވެރިއަކުވެސް "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ކުރިއާ އަޅާބަލާއިރު އެ ދާއިރާގައި ޒުވާނުންގެ އަދަދު ވަރަށް މަދުވެއްޖެކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިގޮތަށް މިކަން ދާނަމަ ކުރިއަށް އޮތް ތަނުގައި މަސްވެރިކަމުގައި އުޅޭނީ މަދު ދިވެހިންތަކެއްކަން އޭނާ ފާހަގަކުރިއެވެ.

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިވާ އަދަދު އިންތިހާއަށް ދަށްވެފައިވާކަމުގެ ހެތްކަކީ މިއަދު ގިނަ މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެން މަޖުބޫރުވުމެވެ. ދާދިފަހުން، މަސްދޯނިތަކުގައި ބިދޭސީން ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާއިރު އެ އުސޫލުގެ ކުރިންވެސް ގިނަ އަދަދެއްގެ ދޯނިތަކަށް މަސްވެރިކަން ކުރަން ބިދޭސީން ގެންގުޅެން މަޖުބޫރުވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ. އެއީ މަސްވެރިކަން ކުރާނަމަ މިހާރު ބިދޭސީން ނެތި ދޯނީގައި މީހުން ހަމަނުވާތީ ކަމަށްވެސް މަސްވެރިން ބުނެއެވެ.

މަސްވެރިން ބޭނުންވަނީ މަސްވެރިކަމަށް ގިނަ ޒުވާނުން ނުކުމެ، އެ ދާއިރާ ކުރިއަށް އޮތް ޖީލުތަކަށް ވާސިލު ކޮށްދިނުމެވެ. އަދި އެ ދާއިރާއަށް ބިދޭސީން އަތްގަދަވިޔަ ނުދީ ދާއިރާ ދިރުވުމަށް އެ ދާއިރާއަށް ދިވެހި ޒުވާނުން ތަމްރީންކުރުމާއި ހޭލުންތެރިކުރުން މުހިންމު ކަމުގައި މަސްވެރިން ދެކެއެވެ. އެހެންކަމުން މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސްވެރިކަމަށް ދޭ އަހައްމިޔަތުކަން ކުރިއަށްވުރެ ބޮޑުކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދައިދީ އެ ދާއިރާ ކުރިއެރުވުމަށެވެ.

މަސްވެރިންމަސްވެރިންގެ ދުވަސްފީޗަރ ރިޕޯޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
04 ޑިސެމްބަރު 2024

"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"

04 ޑިސެމްބަރު 2024
"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"
04 ޑިސެމްބަރު 2024

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

04 ޑިސެމްބަރު 2024
މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ
23 ނޮވެމްބަރު 2024

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

23 ނޮވެމްބަރު 2024
މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން
01 ސެޕްޓެމްބަރު 2024

މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ

01 ސެޕްޓެމްބަރު 2024
މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ
20 ޖުލައި 2024

ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން

20 ޖުލައި 2024
ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު