Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

މި ފަހަރުގެ ވޯލްޑްކަޕުން ކެޓިއަސް، ބްރެޒިލް އަދިވެސް ފައިވިއްދައިގެން އޮތީ ފުޓުބޯޅައިގެ އައު ރެކޯޑަކަށް

ފާޚާނާ ކުރުމާ ކެއުމާ އަދި އެ ދޭތެރެ މެދުން ކާލާ ލުއިކާނާތައް ކާ އިރާ، ހެނދުނުގެ ނާސްތާގެ ވަޤުތުގައިވެސް އޭނާ ދާނީ ބޯޅަ ޖަގަލް ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2022 | އާދީއްތަ 07:17
މި އާދަޔާ ޚިލާފު ރެކޯޑް ހެދުމަށް ނެވީސް ދަނީ ޤަޠަރުގައި ތަމްރީނުތައްވެސް ހަދަމުން

މި އާދަޔާ ޚިލާފު ރެކޯޑް ހެދުމަށް ނެވީސް ދަނީ ޤަޠަރުގައި ތަމްރީނުތައްވެސް ހަދަމުން

ޤަޠަރުގައި ކުރިއަށްދާ 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ މިހާތަނަށް ފެނިގެންދާ އެންމެ ހައިރާން ކުރަނިވި ފުޓުބޯޅަ މުބާރާތް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ޑިސެމްބަރު 9 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ހިތްދަތި ގޮތަކަށް ބަލި ޤަބޫލުކޮށް، ފޮށި ތަންމަތި ބަނދެގެން އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ލަދާ ކުރިމަތިލާންޖެހުނު އެއް ބަޔަކީ ދުނިޔޭގެ 1 ނަމްބަރު ޓީމުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާޤުވާ ބްރެޒީލްއެވެ. މިއީ ބްރެޒީލްގެ ފަހަރު ކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް، މި ފަހަރުގެ ތަށި އުފުލާލަން ނުލިބޭނެކަން ޤަބޫލު ކުރަން ޖެހުނު ކަމުގައި ވީ ނަމަވެސް، ފުޓުބޯޅައިގެ މައިދާނުގައި ބްރެޒީލްގެ ތަރި ފަނޑުވުމެއް ނެތް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.

ފުޓުބޯޅައަކީ ދެވި ހިފާ އެއްޗެއް ކަމަށް ބުނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެފަދަ އެއް މިސާލަކީ ރިކާޑޯ ނެވީސްއެވެ. ވޯލްޑްކަޕްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް، ނެވީސް އަމާޒު ހިފާފައި ވަނީ ފުޓުބޯޅައެއްގެ އެހީގައި، ދުނިޔޭގެ ރެކޯޑް ފޮތުން ބްރެޒީލްއަށް އާ ޖާގައެއް ކަށަވަރު ކޮށްދިނުމަށެވެ. އޭނާ އެކަން ކުރަން ގަސްތު ކޮށްފައި ވަނީ 48 ގަޑިއިރު ވަންދެން، ހުއްޓިލުމެއް ނެތި، ފުޓުބޯޅައެއް ޖަގަލް ކޮށްގެންނެވެ. ލޮލުފިއަވެސް ޖަހާނުލައެވެ. އިންސާނަކަށް ވީތީ ދިރިއުޅުމުގައި ކުރަން ޖެހޭ ޒަރޫރީ ކަންކަން ކުރާނެ ގޮތަކާ މެދު ތިބޭފުޅުން ފިކުރު ހިންގާލައްވާށެވެ. ފާޚާނާ ކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ މުހުތާދުތައްވެސް ފުއްދަމުން ދާނީ ބިމުގައި ހިނދުކޮޅަކަށްވެސް ފުޓުބޯޅަ ޖައްސާލިޔަ ނުދީއެވެ.

މީހާގެ ކިބާގައި ހުރި ޖިސްމާނީ އަދި ނަފްސާނީ ޤާބިލިއްޔަތު ކަމުގެ އިމްތިޙާނެއްގެ ގޮތުގައިވެސް މިކަން ބެލެވިދާނެއެވެ. ނެވީސްއަކީ ބިންމަތީގައި ބޯޅަ ޖައްސާނުލާ، ޖަގަލް ކުރުމަށް ފަރިތަ މީހެކެވެ. ނެވީސްގެ މިހާރުގެ ރެކޯޑަކީ 34 ގަޑިއިރާއި 5 މިނެޓެވެ. އެ ނަމްބަރު، 48 އަށް މައްޗަށް ޖައްސާލުމުގެ ވަރުގަދަ ޢަޒުމައިގެން އޭނާ ނުކުންނާނީ ޑިސެމްބަރު 13 ވަނަ ދުވަހުއެވެ. ނެވީސް ބުނާ ގޮތުގައި، ފުރަތަމަ 30 މިނެޓް ނިންމާލެވުމުން، ދެން އޮތް 33.5 ގަޑިއިރު، ފަސޭހަ ކަމާއެކު ނިންމާލެވިދާނެ ކަމަށެވެ.

މި އާދަޔާ ޚިލާފު ރެކޯޑް ހެދުމަށް ނެވީސް ދަނީ ޤަޠަރުގައި ތަމްރީނުތައްވެސް ހަދަމުންނެވެ.

ވައްޓާނުލާ އެންމެ ގިނަ ވަގުތު ފުޓުބޯޅައެއް ޖަގަލް ކުރުމުގެ ރެކޯޑްގެ އިތުރުން، އެއް ބޯޅައެއްގައި އެންމެ ގިނައިން ކިކް ކުރި ބޯޅައިގެ ރެކޯޑް މުގުރާލުމަށްވެސް ނެވީސް ވަނީ އަމާޒު ހިފާފައެވެ.

ނެވީސް ބުނާ ގޮތުގައި، ރެކޯޑް ހެދުމަށް އޭނާ ބޭނުން ކުރާ ފުޓުބޯޅަ ހަދިޔާ ކުރާނީ ޤަޠަރުގެ ޢަމީރު ތަމީމް ބިން ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަށެވެ. އެއީ ފީފާ ވޯލްޑްކަޕް 2022 ގެ ތާރީޚުގައި އެ ޤައުމުގެ ނަން ތާ އަބަދަށް ލިޔެވިގެންދާނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށްވެސް ބްރެޒީލްއަށް އުފަން ނެވީސް ބުނެއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު