Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރަމްޕް

އިސްރާއީލް-އީރާން ހަނގުރާމަ ހުއްޓުވުމުގައި ޤަޠަރަށް "ބޮޑު ކާމިޔާބީ" އެއް

ދޯހާއިން އީރާނާ މުޢާމަލާތް ކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ބެހޭގޮތުން މަޝްވަރާ ކޮށް އިސްރާއީލް-އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވޭ

ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 12:06
ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހްމާން އަލް-ތާނީ

ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހްމާން އަލް-ތާނީ

އީރާނުގެ ސިފައިން ހޯމަ ދުވަހު ރޭ ޤަޠަރުގައި ހުރި އެމެރިކާގެ އަލް-އުދައިދް އެއަރބޭސް އަށް މިސައިލް ހަމަލާއެއް ދިނެވެ. އަދި ޤަޠަރުގެ ވެރިރަށުގައި ގޮވުމުގެ އަޑުތައް އިވުނެވެ. މި ހަމަލާ ދިނީ އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ބޮން އެޅުމާ އެކު އެ އުދުވާނަށް ބަދަލު ހިފުމަށް އީރާނުން ދިން އިންޒާރަށް ފަހުގައެވެ.

އީރާނުން އަންގާރަ ވިލޭރޭ ގަތަރުގެ އަލް އުދައިދް އެއަރބޭސް އަށް ދިން ހަމަލާއާ ބެހޭގޮތުން ކުރިން ގަތަރަށާއި އެމެރިކާ އަށް ވެސް އީރާނުން އިންޒާރު ދީފައިވާކަން ސާފުކޮށް އެނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުން ޤަޠަރާ އެކު އޮތް އަޚުވަންތަ، ގާތް ގުޅުމަށް ބާރުއަޅަމުން، މި ހަމަލާ އަމާޒު ކޮށްފައި ވަނީ ގަތަރު ސަރުކާރަށް ނުވަތަ ގަތަރުގެ ރައްޔިތުންނާ ދެކޮޅަށް ނޫން ކަމަށް އީރާނުން ސާފުކޮށް ވަނީ ބުނެފައެވެ.

ނަމަވެސް ޤަޠަރުގެ ނަޒަރުގައި އީރާނުގެ ހަމަލާ އަކީ އެ ޤައުމުގެ މިނިވަންކަމަށް އަރައި ގަތުމެކެވެ. އެހެން ކަމުން ދޯހާ އިން މި ހަމަލާ ކުށްވެރި ކުރި ކުރުމަކީ އީރާނުގެ ހަމަލާ އަށް ރަށްދު ދިނުމަށް ކުރަން ޖެހޭނެ ކަމެއް ކަން ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

މި ހަމަލާ އާ އެކުވެސް ދުނިޔެ އަށް ފެނުނީ ޤަޠަރު މެދުވެރިވެގެން އިސްރާއީލް-އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރި ތަނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ - އަލް އުދައިދަށް ދިން ހަމަލާއާ އެކުވެސް - ޤަޠަރުން މި ދައުރު އަދާކުރިކަމަށެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީ އަންގާރަ ދުވަހު ވިދާޅުވީ ޤަޠަރުގައި ހުރި އެމެރިކާގެ އެއަރބޭސް އަށް އީރާނުން ދިން ހަމަލާއަކީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ޤަޠަރު ދައުލަތަށް ދިން ހަމަލާއަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޤަޠަރު ދައުލަތުން ވަނީ ހާލަތު މަޑުމައިތިރިކުރުމަށް ބޮޑެތި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފައެވެ،" ޝައިޚް މުޙައްމަދު ނޫސްވެރިންނަށް ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު އިތުރަށް ވިދާޅުވީ ދޯހާއިން އީރާނާ މުޢާމަލާތް ކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

މިއީ ހަމަ ޔަޤީނުންވެސް ޤަޠަރުގެ ޑިޕްލޮމަސީ އަށް ލިބުނު އިތުރު ކާމިޔާބީއެކެވެ.

އީރާންގަތަރުއެމެރިކާއަލް އުދައިދް އެއަރ ބޭސްޓްރަމްޕްޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު