Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

މަޝްވަރާތަކަށް ސީނިއަރ ވަފުދެއް ޤަތަރަށް ފޮނުވުމަށް އިސްރާއީލް އިން ވިސްނަނީ

19 ޖުލައި 2025 | ހޮނިހިރު 07:42

އެ ވަފުދުގައި އިސްރާއީލް ސަރުކާރުގެ ސެޓްރެޓެޖިކް އެފެއަރޒް މިނިސްޓަރު ރޮން ޑޮމާ، މޮސާޑުގެ އިސްވެރިޔާ ޑޭވިޑް ބާނެއާ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޒާޗީ ހަނެގްބީ އަދި ޝިން ބެޓްގެ އެކްޓިން ވެރިޔާ "އެސް" ހިމެނިދާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 07:42
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި މޮސާޑްގެ އިސްވެރިޔާ ޑޭވިޑް ބާނެއާ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި މޮސާޑްގެ އިސްވެރިޔާ ޑޭވިޑް ބާނެއާ

އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަޝްވަރާތަކަށް، ސީނިއަރ ވަފުދެއް ފޮނުވުމަށް އިސްރާއީލް އިން ވިސްނަމުންދާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުނީ މި މަހުގެ ކުރީ ކޮޅު އެވެ. އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޤަތަރު އިންނެވެ. އެ މަޝްވަރާތަކަށް އިސްރާއީލް އިން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ "އަމިއްލަ އަށް އޮތް ނިންމޭ" ވަރުގެ ވަފުދެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އިސްރާއީލްގެ ޔެދިއޯތު އަހަރޯނޯތު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލް އިން މިހާރު ވިސްނަމުން އަންނަނީ މަޝްވަރާތަކަށް ސީނިއާ ވަފުދެއް ޤަތަރަށް ފޮނުވުމަށެވެ. އެ ވަފުދުގައި އިސްރާއީލް ސަރުކާރުގެ ސެޓްރެޓެޖިކް އެފެއަރޒް މިނިސްޓަރު ރޮން ޑޮމާ، މޮސާޑުގެ އިސްވެރިޔާ ޑޭވިޑް ބާނެއާ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޒާޗީ ހަނެގްބީ އަދި ޝިން ބެޓްގެ އެކްޓިން ވެރިޔާ "އެސް" ހިމެނިދާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މީގެ އިތުރުން އެ ނޫހުގައި ރިޕޯޓު ކޮށްފައި ވަނީ، ސީނިއަރ ވަފުދު ހިމެނޭ އިސްރާއީލްގެ ޓީމު ޤަތަރަށް ދިޔުމަށް ހަމަޖެހިފައި ވަނީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އަންނަ ހަފުތާގެ ތެރޭގައި ޤަތަރުގެ ވެރި ރަށް ދޯހާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށެވެ. 

އިސްރާއީލް ސަރުކާރުގެ ބައެއް އިސްވެރިން ބުނަމުން އަންނަ ގޮތުގައި ވިކްޓޮފްގެ ޙާޟިރުގައި މަޝްވަރާތައް ބޭއްވިއްޖެ ނަމަ، އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، މިވަގުތު އެފަދަ ހިސާބަކަށް ވާސިލުވެވެން ނެތް ކަމަށް ވެސް، އިސްރާއީލްގެ އިސްވެރިންނާ ހަވާލާދީ ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2019

ސީރިޔާއާ ގުޅޭ މަޝްވަރާތަކަށް ޕުޓިން އާއި އުރުދުގާން ބައްދަލު ކުރައްވަނީ

23 ޖެނުއަރީ 2019
ސީރިޔާއާ ގުޅޭ މަޝްވަރާތަކަށް ޕުޓިން އާއި އުރުދުގާން ބައްދަލު ކުރައްވަނީ
05 ޖޫން 2018

އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވެއްޖެ

05 ޖޫން 2018
އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވެއްޖެ
18 ޖެނުއަރީ 2018

ގަލްފްގެ ޤައުމުތަކުން ޤަތަރަށް ކުރާ ޕްރެޝަރު ބަލައެއް ނުގަނޭވެނެ: އީރާނުގެ ރައީސް ރޫޙާނީ

18 ޖެނުއަރީ 2018
ގަލްފްގެ ޤައުމުތަކުން ޤަތަރަށް ކުރާ ޕްރެޝަރު ބަލައެއް ނުގަނޭވެނެ: އީރާނުގެ ރައީސް ރޫޙާނީ
29 ނޮވެމްބަރު 2017

ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!

29 ނޮވެމްބަރު 2017
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
26 ޖޫން 2017

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ
12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
11 ޖޫން 2017

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
08 ޖޫން 2017

ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި

08 ޖޫން 2017
ތުރުކީ ސިފައިން ޤަތަރަށް ފޮނުވުމަށް ފާސްކޮށްފި
07 ޖޫން 2017

ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

07 ޖޫން 2017
ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް