Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުން

ގައުމު ބިނާކޮށް ކުރިއަރުވަން ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ފަންނުވެރިކަން ރަނގަޅުކުރަން ޖެހޭ: ޑރ.މުހައްމަދު ޝަރީފް

ބުރާސްފަތި ދުވަހު ޤައުމީ ޔުނިވަރސިޓީ އިން، އުނގަންނައި ދިނުން ކެރިއަރ އެއްގެ ގޮތުގައި ޚިޔާރުކުރުމާއި މެދު އެކުލަވާލި ރިސަރޗް އަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޑިސެމްބަރު 2022 | ހުކުރު 11:31
މުދައްރިސުންގެ ދިރާސާ ތަންފީޒުކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުން

މުދައްރިސުންގެ ދިރާސާ ތަންފީޒުކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުން

ގައުމު ބިނާކޮށް ކުރިއަރުވަން ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ފަންނުވެރިކަން ރަނގަޅުކުރަން ޖެހޭ ކަމަށް ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ޤައުމީ ޔުނިވަރސިޓީ އިން، އުނގަންނައި ދިނުން ކެރިއަރ އެއްގެ ގޮތުގައި ޚިޔާރުކުރުމާއި މެދު އެކުލަވާލި ރިސަރޗް އަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ބޭއްވި ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ތައުލީމީ ދާއިރާ އަކީ މުޖުތަމައުގެ ދިރުން ކަމަށާއި އެއީ ގައުމީ ތަރައްގީގެ ތަޅުގަނޑި ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި ތައުލީމީ ދާއިރާގެ މުގުލަކީ މުދައްރިސުންކަމަށާއި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ޕްރޮފެޝަނަލް ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަކީ ގައުމު ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ދާއިރާގެ މީހުންގެ އަގު ވަޒަންކޮށް އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ބިނާ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާ ދޫކޮށް މީހުން ދިއުމާއި އެ ދާއިރާ އަށް އަލަށް ވަންނަ މީހުން މަދު ވުމުގެ މައްސަލަ ރާއްޖެ އަށް ދިމާވެފައިވާ ކަން ފާހަގަކުރައްވާފައެވެ. މިއީ ހަމައެކަނި ރާއްޖެ އަށް ދިމާވާ މައްސަލަ އެއް ނޫން ކަމަށާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށް ޑރ.މުހައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޔުނިވަރސިޓީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ބައްދަލްވުމަކީ މި އަހަރު ކުރީކޮޅު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ދިރާސާކޮށް ޝާއިއު ކުރި ވަރަށް މުހިންމު ދިރާސާ އެއް ކަމަށްވާ "ޓީޗިން އޭޒް އަ ކެރިއަރ ޕަރސެޕްޝަން ވެލޫސް އެންޑް ޗޮއިސް އިން ދަ މޯލްޑިވްސް" ގެ ހޯދުންތަކުގެ އަލީގައި ކަންކަމަށް އަމަލީ ސިފަ ގެނައުމަށް ޔުނިވަރސިޓީ އަށް ކޮށްދެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ބޭއްވި ބައްދަލް ވުމެކެވެ. މި ދިރާސާ އަކީ ޔުނިސެފްގެ އެހީ އާއި އެކު ހިންގި ދިރާސާއެކެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)މުދައްރިސުންގެ ދުވަސް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
05 އޮކްޓޯބަރު 2025

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2025
އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު