Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކ. ހުރާ

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

ރަށުގެ ބިން ހިއްކައި ދޭނެ ކަމަށް 2013 ވަނަ އަހަރު ވައުދުވި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 26 ޖޫން 2017 | ހޯމަ 11:55
ކ.ހުރާ: ރަށުން ގޯތި ހޯދުމަށް 200 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވޭ

ކ.ހުރާ: ރަށުން ގޯތި ހޯދުމަށް 200 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވޭ

ހުރާގެ ބިން ހިއްކައިނުދީ ދިގުލަމުންދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށާއި އެހެންވެ، 2018 ވަނަ އަހަރު ދެން ވާނެ ގޮތް ވިސްނަން ޖެހޭނެ ކަމަށް މި ރަށުގެ ކައުންސިލްގެ ނައިބު ރައީސް ފަޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފެށުނީއްސުރެ ވެސް ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ހުރާގެ ބިން ފުރިފައިވާތީ، ބިން ހިއްކައިދިނުމަށް ސަރުކާރުން ވައުދުވި ކަމަށާއި ނަމަވެސް، މިހާރު އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުދޭ ކަމަށް ފަޔާޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވައުދުވެފައި ވަނީ ޕީޕީއެމްއަށް ވެރިކަން ލިބިއްޖިއްޔާ ހުރާގެ ބިން ހިއްކައިދޭނަމޭ، 30 ހެކްޓަރުގެ ބިން ހިއްކައިދޭނަމޭ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް ރައީސް ޔާމީނަށް އެކަން ކޮށްދެވޭ ކަމަކަށް ނުވި،" ފަޔާޒު ވިދާޅުވި އެވެ.

"2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި މިރަށުގެ ބިން ހިއްކައިދޭނަމޭ ބުނި ބުނުމަށް މިރަށުގެ ޒުވާނުންނާއި ވަރަށް ގިނަ ބައެއްގެ ތާއީދު ރައީސް ޔާމީނަށް ވަނީ ހޯދައިދެވިފައި. އެ މައްސަލަ ހައްލުކޮށް ނުދޭތީ، ރައްޔިތުން ސަރުކާރު ދެކެ ތިބީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އެހެންވީމާ އެ ވައުދު ފުއްދައިދޭން ޖެހޭ ސަރުކާރުން."

ހުރާ ކައުންސިލްގެ ނައިބު ރައީސް ފަޔާޒު

ގާތްގަނޑަކަށް އާބާދީގައި 1200 އަށް ވުރެ ގިނަ މީހުން ހިމެނޭ ހުރާގެ ބިން ފުރިފައިވާތީ ގޯތި ދޫނުކުރާތާ ގާތްގަނޑަކަށް ނުވަ އަހަރު ވެއްޖެ ކަމަށް ފަޔާޒު ވިދާޅުވި އެވެ. މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ގޯތި ހޯދަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ބިން ފުރިފައިވާއިރު، އެއް ގޯއްޗެއްގައި ހަތަރު ވަރަކަށް ގޭ ބިސީ ދިރިއުޅެމުން އަންނަ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު އެއް ތަނެއްގައި ދިރިއުޅެން ޖެހުމުން އިޖުތިމާއީ ތަފާތު މައްސަލަތައް ވެސް ނުކުންނަކަން ފަޔާޒު ފާހަގަ ކުރެއްވި އެވެ.

ހުރާގެ ބިން ހިއްކައި ދިނުމަށް ވި ވައުދާ އެއްގޮތަށް މަސައްކަތް ފެށުމަށް ބާރު އެޅުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށާއި ވުޒާރާތަކާއި ބައްދަލުކުރި ކަމަށާއި ރައީސް ޔާމީނާ ވެސް ބައްދަލުކުރެއްވުމަށް ކައުންސިލުން އެދުނު ކަމަށް ފަޔާޒު ވިދާޅުވި އެެވެ. ނަމަވެސް މިކަންކަމުގައި ސަރުކާރުގެ ފަރާތްތަކުން މިހާތަނަށް ވެސް އެދެވޭ ޖަވާބެއް ލިބިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ވައުދުވެފައިވާ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންގޮސް، 2018 ވަނަ އަހަރުގެ އިންތިހާބާ މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކުރިމަތުލައްވައިފި ނަަމަ ދެން ވާނެ ގޮތަކާމެދު ސަރުކާރުން ވިސްނެވުމަށް ގޮވާލަން،" ފަޔާޒު ވިދާޅުވި އެވެ.

ރަށުގެ ތަރައްގީ އަށް ކައުންސިލުން އިސްނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ނަރުދަމާގެ ނިޒާމާއި ފެނުގެ ނިޒާމުގެ ވެސް ގާއިމުކޮށްފައިވާ ކަމަށް ފަޔާޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު