Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިޖިޓަލް އައިޑެންޓިޓީ ކާޑް

މި މަހުގެތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަނީ

ކާޑު ތައްޔާރުކުރަމުން ދަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަ ގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 13:57
އައިޑީ ކާޑް

އައިޑީ ކާޑް

ޑިިޖިޓަލް އައިޑެންޓިޓީ ކާޑް މިމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް, ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީން) ބުނެފިއެވެ.

އެންސީއައިޓީން ބުނީ، ޑިޖިޓަލް އައިޑެންޓިޓީ ކާޑް މި އަހަރު ނިމުމުގެ ކުރިން ތައާރަފް ކުރާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ކާޑު ތައްޔާރުކުރަމުން ދަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑުގައި ސެކިއުރިޓީ ގިނަ ފީޗަރތަކެއް ހިމެނޭނެއެވެ.

Advertisement - newsAdvertisement

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތައާރަފްކުރަނީ އަލަށް ތައާރަފުކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަންގައި މި މައުލޫމާތު ހިމަނާނީ އެކަމާ ގުޅުންހުރި އިދާރާއަކުންނެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް އޭގައި ހިމެނޭ އެއްވެސް މައުލޫމާތަށް އެއްވެސް މީހަކަށް ބަދަލެއް ނުގެނެވޭނެއެވެ.

އީފާސް އެޕްލިކޭޝަންގައި 3 ދަފްތަރެއް ހިމެނެއެވެ. އެއީ ނެޝަނަލް ރެޖިސްޓްރޭޝަނުން ދޫކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތާއި، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ބިދޭސީންގެ ވޯކްޕަރމިޓް އަދި ރާއްޖެ އަންނަ މީހުންގެ ވިސާގެ މައުލޫމާތެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ. މި ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި, މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި، އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުންހުރި ރަސްމީ މައުލޫމާތު (އެފަރާތެއްގެ ރުހުމާއެކު) ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކޮށް, ދައުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ(އެން.ސީ.އައި.ޓީ)އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރް) ގުޅިގެން މި ޚިދުމަތް ތަރައްގީކޮށް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑްކޮށް, އައު ނަމްބަރިންގ ސިސްޓަމަކާއެކު ކޮންޓެކްޓްލެސް ސްމާރޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް, އެންސީއައިޓީއާއި ޑީއެންއާރު ގުޅިގެން ތަރައްގީކޮށް ހިންގުމާއި, ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން ހާސިލުވާނެ ކަންކަމުގެ ތެރޭގައި, ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި, ސްމާރޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުވުމާއި, ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުވުމާއި, ކޮންޓެކްޓްލެސް ސްމާރޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ކާޑްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު