Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަނެޓުގެ ޚިދުމަތް

އިންޓަނެޓުގެ ޚިދުމަތް ދޭގޮތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ

ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑިއަކީ 2024 އޭޕްރިލް 25 ވަނަ ދުވަހު ގަޑިން 10:00

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2024 | އަންގާރަ 09:36
އިންސާފުވެރި ވާދަވެރިކަން ކުރިއެރުވުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި އަދާހަމަކުރުން މަސައްކަތުގައި ހިމެނޭ

އިންސާފުވެރި ވާދަވެރިކަން ކުރިއެރުވުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި އަދާހަމަކުރުން މަސައްކަތުގައި ހިމެނޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްބޭންޑް ޚިދުމަތް ދޭގޮތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކޮށް ބެލެހެއްޓުމާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިނިސްޓްރީން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ކޮންސަލްޓެންސީއަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވިސް (ސީ.އޭ.އެމް) އަށް ބޭނުންވާ ފުރިހަމަ މޮނިޓަރިންގ އެންޑް ރިޕޯޓިންގ ފްރޭމްވޯކެއް ޤާއިމުކޮށް، އިންޓަރނެޓް ފޯރުކޮށްދޭ އުމްރާނީ ވަސީލަތްތަކާއި ޚިދުމަތްދޭ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަށް ޚިދުމަތް ފޯރުކޯށްދޭކަން ކަށަވަރުކުރުމެވެ.

މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްބޭންޑް ޚިދުމަތް ދޭގޮތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި، ބޭނުންވާ އާލާތްތަށް ދެނެގަތުމާއި، މިފަދަ އާލާތްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އޯޕަން އެކްސެސްއާއި އިންސާފުވެރި ވާދަވެރިކަން ކުރިއެރުވުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި އަދާހަމަކުރުން މަސައްކަތުގައި ހިމެނެއެވެ.

އަދި ރެގިއުލޭޓް ކުރުމުގެ އިތުރުން މި ދާއިރާ ހަރުދަނާ ގޮތެއްގައި މޮނީޓަރކޮށް ބެލެހެއްޓުމަށްޓަކައި ސީ.އޭ.އެމްގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި، މުވައްޒަފުންނަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމްތައް ދެނެގަތުންވެސްް ހިމެނެއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރިލް 25 ވަނަ ދުވަހު ގަޑިން 10:00 އެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު