Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

ކޮރެއާގެ ކޯޗުކަމުން ބެންޓޯ ވަކިވެއްޖެ

6 ޑިސެމްބަރު 2022 | އަންގާރަ 21:03

ކުޅުން ހުއްޓާލުމަށްފަހު އޭނާ ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޑިސެމްބަރު 2022 | އަންގާރަ 21:03
ކޮރެއާގެ ކޯޗު ބެންޓޯ

ކޮރެއާގެ ކޯޗު ބެންޓޯ

ސައުތު ކޮރެއާގެ ކޯޗުކަމުގެ މަގާމުން ޕައުލޯ ބެންޓޯ ވަކިވެއްޖެއެވެ.

ކޮރެއާގެ ކޯޗުކަމުގެ މަގާމާ ބެންޓޯ ހަވާލުވީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އޭނާއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީވެސް މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ކޮރެއާ އަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމެވެ. މިއަހަރުގެ މުބާރާތުގައި ކޮރެއާ ހިމެނުނު ގްރޫޕުން އެ ޓީމު ވަނީ ދެ ވަނަ ހޯދައި، ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގަދަ 16 ގައި އެމީހުން ބަލިވީ ބްރެޒިލް އަތުންނެވެ.

ޕޯޗުގަލަށް އުފަން އުފަން އުމުރުން 53 އަހަރުގެ ބެންޓޯ މިހާރު ވަނީ އޭނާ ކޮރެއާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ބެންޓޯ ވަނީ ކޮރެއާގެ ކޯޗުކަމުގައި އޭނާ ހޭދަކުރި މުއްދަތުގައި އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އާއި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ޤަތަރުގައި ކުރިއަށް ދާ ވޯލްޑް ކަޕް މުބާރާތުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރާއި، މަސައްކަތަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށް، ސާބަސް ދީފައެވެ.

ބެންޓޯ ބުނީ މުސްތަޤުބަލާމެދު ވިސްނަން ޖެހޭނެ ކަމަށާއި، މިހާރު ބޭނުންވަނީ ޤައުމީ ޓީމާއެކު ކުރިއަށް ދާން ނޫން ކަމަށެވެ. އޭނާ ބުނީ އެ ނިންމުން އެ ޤައުމުގެ އެފްއޭގެ ރައީސާއި ކުޅުންތެރިންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ވޯލްޑް ކަޕަށްފަހު ޓީމު ދޫކޮށްލުމަށް ސެޕްޓެމްބަރު މަހުން ފެށިގެން ނިންމައިގެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. ކޮރެއާގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ހަވާލުވާނެ ޓީމެއް ނުވަތަ ހުށަހެޅުމެއް ލިބިފައިވާކަން ނުވަތަ ނޫންކަން ބެންޓޯ ހާމަކޮށްފައެއް ނުވެއެވެ.

ބެންޓޯ ވަނީ 1992 އިން 2002 ވަނަ އަހަރާ ހަމަ އަށް ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅެފައެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ދެކުނު ކޮރެއާބެންޓޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް