Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު އެއް ޓީމަކީ މޮރޮކޯ: އެންރީކޭ

އޭނާ އެދުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުލަބުގައި އެންމެ މަދުވެގެން 1000 ޕެނަލްޓީ ޖެހުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2022 | އަންގާރަ 02:23
ސްޕެއިންގެ ކޯޗު އެންރީކޭ ޕްރެސްގައި

ސްޕެއިންގެ ކޯޗު އެންރީކޭ ޕްރެސްގައި

މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު އެއް ޓީމަކީ މޮރޮކޯ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މޮރޮކޯއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގައި މޮރޮކޯ ލައްވާލީ ކްރޮއޭޝިއާ، ބެލްޖިއަމް އަދި ކެނެޑާއާއެކު ގްރޫޕް އެފް ގައެވެ. އެ ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުގެ މޮރޮކޯ ވަނީ ގްރޫޕްގެ އެއް ވަނަ ހޯދާފައެވެ. މުބާރާތުގެ ގަދަ 16 އިން ސްޕެއިން އަށް ޖާގަ ލިބުނީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ.

އެންރީކޭ ބުނީ ސްޕެއިން ޓީމު އޮތީ ދިމާވެދާނެ ހުރިހާ ހާލަތަކަށް ތައްޔާރަށް ކަމަށެވެ. އެގޮތުން އޭނާ ބުނީ މުޅި ޓީމު ވެސް އޮތީ ޕެނަލްޓީ އަށް ދާން ޖެހިއްޖެ ނަމަ، އެކަމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އަދި މީގެ އަހަރު ދުވަސް ކުރިން އޭނާގެ ކުޅުންތެރިން ގާތު ބުނީ އެކަމަށް ކަަމަށެވެ. އެއީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ހޯމް ވޯކެއް ކަމަށް އޭނާ ބުންޏެވެ. އޭނާ އެދުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުލަބުގައި އެންމެ މަދުވެގެން 1000 ޕެނަލްޓީ ޖެހުމަށެވެ. ސަބަބަކީ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އެކަމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަމަށެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ކުޅުންތެރިންނަށް ހަވާލު ކުރި މަސައްކަތް އެންމެ ފުރިހަމަ އަށް ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު ނޮކްއައުޓް މެޗުތަކުގައި ޕެނަލްޓީ އަށް ދާން ޖެހޭ ކަމަށާއި، އެހެންވެ އެކަމަށް ތިބެން ޖެހޭނީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ ޕެނަލްޓީ ބިނާވެފައި އޮންނަނީ ނަސީބުގެ މައްޗަށް ނޫން ކަމަށާއި، އެއީ ވަރަށް ޕްރެޝަރު ބޮޑު ކަމެއް ކަމަށެވެ. އަދި ޕެނަލްޓީ އަށް މަސައްކަތް ކުރެވޭނެ ކަމަށާއި، ނަމަވެސް ޕްރެޝަރާއި ޓެންޝަނަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

މޮރޮކޯ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ ސްޕެއިނުން ކުޅޭނީ އެމީހުންގެ އަމިއްލަ ގޭމު ކަމަށާއި، މެޗާ މެދު އޮތް ޕްލޭން ވެސް މިހާރު ސާފު ކަމަށެވެ. އެނާ ބުނީ ވޯލްޑް ކަޕަކީ ވަރުގަދަ ޓީމުތަކުގެ މައްޗަށް އެކުލެވިގެންވާ މުބާރާތެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ސްޕެއިންގެ ނަމުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، ކުޅެން ޖެހެނީ މޮޅެތި ކޯޗުންނާއި، ކުޅުންތެރިންނާ ދެކޮޅަށް ކަމަށެވެ. އެކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ މޮރޮކޯ އަކީ މޮޅު ޓީމެއް ކަމަށެވެ. އަދި މޮރޮކޯ އަކީ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމު ކަމަށާއި، އެމީހުން ގަދަ 16 އަށް އައީ ވަރުގަދަ ގްރޫޕެއްގެ އެއް ވަނަ ހޯދައިގެން ކަމަށެވެ.

ޕްރެސްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން އެންރީކޭ ބުނީ ޖަޕާން މެޗުގެ ނަތީޖާ އަށް މިހާރު ވިސްނަން ބޭނުންނުވާ ކަމަށެވެ. އެއީ ބޭކާރު ވިސްނުމެއްކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ، ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން ބޭނުންވަނީ ކަންކަން ކޮންޓްރޯލް ކުރަން ކަމަށާއި، ކުޅުންތެރިން ކުޅެން އެދެނީ އޭނާގެ ފިލޯސަފީގެ މައްޗަށް ކަމަށެވެ. އޭނާ ބުނީ ސްޕެއިން އިން ބޭނުންވާ ނަތީޖާ އެންމެ މުހިންމު ވަގުތުގައި ލިބޭނެ ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި ސްޕެއިން އަދި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ސްޕެއިންލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު