Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

ފުޓުބޯޅައިގެ ބޮޑު ޢީދު އައި އިރު، ބޯޅަ މަރާމާތު ކުރުމުގެ މަސައްކަތުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސް

5 ޑިސެމްބަރު 2022 | ހޯމަ 09:08

ކުލަބުތަކާ އެކު މަސައްކަތް ކުރުމުގެ ބަދަލުގައި، އޭނާގެ ގާތުން ޚިދުމަތް ހޯދާ ވަކިވަކި ކަސްޓަމަރުންނަށް ޚިދުމަތް ދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ޑިސެމްބަރު 2022 | ހޯމަ 09:08
ޢުމުރުން 68 އަހަރުގެ މުޞްޠަފާ ބުނާ ގޮތުގައި، އޭނާ އެ މަސައްކަތް ކުރާތާ މިހާރު ބައި ޤަރުނަށް ވުރެ ގިނަ ދުވަސްވެއްޖެ

ޢުމުރުން 68 އަހަރުގެ މުޞްޠަފާ ބުނާ ގޮތުގައި، އޭނާ އެ މަސައްކަތް ކުރާތާ މިހާރު ބައި ޤަރުނަށް ވުރެ ގިނަ ދުވަސްވެއްޖެ

ފުޓުބޯޅައިގެ އެކި ވާހަކަތައް ދެއްކުމަށް، މިއަށް ވުރެ ވަކި މުނާޞަބު އެހެން ވަގުތެއް އޮންނާނެ ކަމަށް ނުބެލެވެއެވެ. ޤަޠަރުގައި މިހާރު ކުރިއަށް 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ ދަނޑުތައް މަތިން ނުފެނުނު ކަމުގައި ވީ ނަމަވެސް، ފުޓުބޯޅައިގެ މައިދާނުގައި އަގުހުރި އެތައް ޚިދުމަތަކާއި މަސައްކަތްތަކެއް ކުރާ ކިތަންމެ ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭނެ ކަމީ، ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ދައްކަން މިއުޅެނީވެސް އެފަދަ މީހެއްގެ ވާހަކައެވެ.

މިޞްރުގެ ވެރިރަށް ޤާހިރާގައި ހިންގަމުންދާތާ އެތައް ދުވަހެއް ވެފައިވާ، ކުޑަކުޑަ ފިހާރައިގެ ތެރޭގައި އިން މުޞްޠަފާ މަޙްމޫދު މުޞްޠަފާ ފުޓުބޯޅަތައް ފަހާ، އެއަށް ވައިޖަހަމުންނެވެ. އެއީ އެ ސަރަޙައްދުގެ މީހުންނަށް ޢާންމު މަންޒަރެކެވެ.

ޢުމުރުން 68 އަހަރުގެ މުޞްޠަފާ ބުނާ ގޮތުގައި، އޭނާ އެ މަސައްކަތް ކުރާތާ މިހާރު ބައި ޤަރުނަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވީ މަސައްކަތެއްގެ ގޮތުގައެވެ.

ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާއަތް ކުރިއަރާ، ހެޔޮ އަގުގައި މިޞްރަށް ބޯޅަ އިމްޕޯޓް ކުރަން ފެށި ހިސާބުން، މުޞްޠަފާގެ ވިޔަފާރީގެ މިޞްރާބު ބަދަލު ކުރުމަށް އޭނާ ނިންމިއެވެ. އޭނާގެ މަސައްކަތަށް ވީ ހަލާކުވާ ބޯޅަ މަރާމާތު ކުރުމެވެ.

މުޞްޠަފާ ވަނީ މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުލަބުތަކާ އެކުގައިވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އަލް-އަޙްލީއާއި ޒަމާލިކް ފަދަ ކުލަބުތައް ހިމެނެއެވެ. ނަމަވެސް، އޭނާގެ ބަލި ހާލަތު މިވަގުތު ހުރި ގޮތުން، މުޞްޠަފާ ވަނީ ކުލަބުތަކާ އެކު މަސައްކަތް ކުރުމުގެ ބަދަލުގައި، އޭނާގެ ގާތުން ޚިދުމަތް ހޯދާ ވަކިވަކި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ނިންމާ، ހައްޓަށް ލުއި ކަމެއް ހޯދާފައެވެ.

މިޞްރުގެ ރައްޔިތުންގެ ހިތުގައި ފުޓުބޯޅައަށް ހާއްސަ ލޯތްބެއް އޮވެއެވެ. މިހާރު ކުރިއަށް ދާ ފީފާ ވޯލްޑްކަޕް މުބާރާތަކީ މިޞްރަށްވެސް ފުޓުބޯޅައިގެ ޢީދެކެވެ. މެޗުތައް ބެލުމަށް ހަދަމުންދާ ސަފުތަކުން އެކަމަށް ހެކި ދެއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުމިސްރު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
24 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު

24 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު
17 ސެޕްޓެމްބަރު 2025

ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި

17 ސެޕްޓެމްބަރު 2025
ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި
15 ސެޕްޓެމްބަރު 2025

ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ
14 ސެޕްޓެމްބަރު 2025

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު

14 ސެޕްޓެމްބަރު 2025
ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު
14 ސެޕްޓެމްބަރު 2025

ޤަތަރަށް އިސްރާއީލުން ދިން ހަމަލާއާ ދެކޮޅަށް އަޑުއުފުލުމަށް ޢަރަބި އަދި މުސްލިމް ލީޑަރުންގެ ސަމިޓެއް ހޯމަ ދުވަހު

14 ސެޕްޓެމްބަރު 2025
ޤަތަރަށް އިސްރާއީލުން ދިން ހަމަލާއާ ދެކޮޅަށް އަޑުއުފުލުމަށް ޢަރަބި އަދި މުސްލިމް ލީޑަރުންގެ ސަމިޓެއް ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް