Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް

ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް ފަށައިފި

މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފޯރަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޑިސެމްބަރު 2022 | ހޮނިހިރު 07:40
ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް

ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް

އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) އިން ބާއްވާ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމްގެ ތިންވަނަ އެޑިޝަން ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މި ފޯރަމް ފަށާފައިވަނީ މާލޭގެ މެންހެޓަން ބިޒްނަސް ހޮޓެލްގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގެ ތީމެއްްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވަޓް އިޒް ޓޫރިޒަމް ސަސްޓެއިނިބިލިޓީ؟ އިންޓަޕްރެޓޭޝަންސް އެންޑް ޑިސްކޯސަސް އޮފް ޓޫރިޒަމް ސަސްޓެއިނިބިލިޓީ އިން ދަ މޯލްޑިވްސް" މިއެވެ.

މި ފޯރަމްގައި މަޝްވަރާކުރާނީ ރާއްޖޭގައި ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މި ފޯރަމް ފަށާފައިވަނީ ގިނަ އަދަދެއްގެ އިންޑަސްޓްރީ ޕާޓްނަރުންނާއެކުގައެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެމްޓީއެމްގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ފޯރަމްއަކީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ އަމާޒުގައި ފަށާފައިވާ ފޯރަމެއް ކަމަށެވެ. އަދި މި ސިނާއަތަށް ބަދަލެއް ގެނައުމުގެ މަގުސަދުގައި ކަމަށެވެ.

ޝިއުނާ ވިދާޅުވީ އެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ތަފާތުު ކަމަށެވެ. އަދި މިއީ މި ފޯރަމްގެ ކީ ފޯކަސްއެއް ކަމަށާއި، އަދި އެކި ފަރާތްތަކުން ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ދެކޭ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތުގެ ކްރައިޓީރިއާ ތަކެއް އެކުލަވާލެވިގެންދާނެ ކަމަށެވެ، އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރެވޭނެ މުހިންމު މަޝްވަރާތަކަކަށް ވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އަދި މި ފޯރަމްގެ ހޯދުންތަކާއި، ލަފާތަކުގެ މައްޗަށް ބިނާކޮށް ލިޔުމެއް ޕަބްލިޝްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެވޭ އެހީއަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މި މަސައްކަތްތަކުން ސާފު ސަސްޓެއިނަބަލް ޓޫރިޒަމް ޕޮލިސީއެއް ނެރެން ބޭނުންވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަމަށް މަގުފަހިވާ ގާނޫނުތައް ފެންނަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއެފްގެ ފުރަތަމަ ފޯރަމް 2019 ގައި ބާއްވާފައި ވަނީ ދެމެހެއްޓެނިވި ޓޫރިޒަމްގެ ތެރެއިން ތަރައްގީ ގެނައުމާ ގުޅޭގޮތުންނެވެ. އަދި، އެންމެފަހުން 2020 ގައި މި ފޯރަމް ބޭއްވި ރޫރަލް ޓޫރިޒަމް ކުރިއެރުވުމާ ގުޅޭގޮތުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު